މަރެއްގެ ތުހުމަތުގައި ބަނގްލަދޭޝްގެ ސިއްހީ 5 މުވައްޒަފަކު ހައްޔަރުކޮށްފިއެވެ.

ސޯޝަލް މީޑިއާގައި ޝާއިއުކުރެވުނު ޕޯސްޓެއްގައި، މިދިޔަ އަހަރުގެ އިންގިލާބުގެ ތެރޭގައި ނިޔާވި ފަރާތަކަށް އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ތުހުމަތު މި 5 މުވައްޒަފުންނަށް ކޮށްފައި ވެެއެވެ.

Ad
rt

މިމީހުން ހައްޔަރުކުރީ އެޕޯސްޓާ ގުޅިހެންކަމަށް ޕްރޮސެކިއުޓަރެއް އާދީއްތަ ދުވަހު ހާމަކުރިއެވެ.

ރިކްޝާ ދުއްވާ މުހައްމަދު އިސްމާއިލްގެ މަރާ ގުޅޭ މި މައްސަލައަކީ، ސޯޝަލް މީޑިއާގައި މެޑިކަލް މުވައްޒަފުންނާ ދެކޮޅަށް ފާޑުކިޔުންތަކެއް އަމާޒުވެފައިވާ މައްސަލައެކެވެ.

ހޮސްޕިޓަލް މުވައްޒަފުން ބުނާ ގޮތުގައި މި 5 މުވައްޒަފުންނަކީ ކުށެއް ނެތް ބައެކެވެ. އަދި މުޒާހަރާތަކުގައި ޒަޚަމްވި މީހުންނަށް އެހީތެރިވުމަށް އެތައް ފަހަރެއްގެ މަތިން އެމީހުންގެ ފުރާނައަށް ނުރައްކާވާ ހިސާބަށް މަސައްކަތްކޮށްފައިވާ ކަމަށް ބުނެއެވެ.

ވަގުތީ ސަރުކާރުން ބުނާ ގޮތުގައި އޯގަސްޓް 5 ގައި ޝެއިޚް ހަސީނާގެ ވެރިކަން ވައްޓާލުމަށް ދަރިވަރުން އިސްވެ ހިންގި މުޒާހަރާތަކުގައި 800 އަށްވުރެ ގިނަ މީހުން ނިޔާވިއެވެ.

ޑާކާގެ ރަމްޕުރާ ސަރަހައްދުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 2024 ވަނަ އަހަރުގެ ޖުލައި 19 ވަނަ ދުވަހު އިސްމާއިލްގެ ބޮލަށް ބަޑި ޖެހި ކަމަށް ލޯކަލް މީޑިއާތަކުން އޭރު ރިޕޯޓުކުރިއެވެ.

ޑެލްޓާ ހެލްތު ކެއަރ ހޮސްޕިޓަލްގެ ދޮރުމަތީގައި އިސްމާއިލްގެ ލޭއޮހޮރުވާފައިވާ ހަށިގަނޑު އޮތް މަންޒަރު ފޭސްބުކްގައި ޝާއިއުކުރެވިފައިވެއެވެ.

"އަޅުގަނޑުމެންނަށް ސޯޝަލް މީޑިއާގައި ޕޯސްޓެއް ފެނުނު،" ބަނގްލަދޭޝްގެ އިންޓަރނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް (އައިސީޓީ) ގެ ޗީފް ޕްރޮސެކިއުޓަރ މުހައްމަދު ތާޖުލް އިސްލާމް އޭއެފްޕީއަށް ވިދާޅުވިއެވެ.