ހިމަބިއްސަށް ޓެސްޓު ކުރި 9 މީހުންގެ ތެރެއިން ދެ މީހަކު އެ ބައްޔަށް ޕޮޒިޓިވް ވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނީ މިއަދު ނުވަ މީހަކު ހިމަބިއްސަށް ޓެސްޓުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ދެ މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

Ad
rt

އެއާއެކު ރާއްޖެއިން ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ ހަޔަކަށް އަރައިފައެވެ.

އިއްޔެ ވެސް ހިމަބިއްސަށް ނުވަ މީހަކު ޓެސްޓުކޮށްފައިވީ ނަމަވެސް، އޭގެތެރެއިން މީހަކު ބައްޔަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ.

ރާއްޖެއިން ހިމަބިހި ނުފެންނަތާ ނުވަ އަހަރު ފަހުން އެ ބަލި ނައްތާލާފައިވާ ކަމުގެ އެވޯޑު ދީފައި ވަނިކޮށް އަލުން އެ ބަލި މީހަކަށް ޖެހި ފެތުރެން ފަށާފައިވާ ކަން އިއުލާން ކުރީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުގަ އެވެ. އޭގެ ފަހުން ގިނަ ބަޔަކަށް އަންނަނީ ވެކްސިން ދެމުންނެވެ.