ހެލްތް ސްކްރީނިން ހެދުމަށް އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ ޤައިދީއަކު މިއަދު ފިލައިގެން އުޅެނިކޮން ފުލުހުން އެއިނާ ހައްޔަރުކޮށްފިއެވެ.

އޭނާ ހޯދައި އަލުން ކަރެކްޝަންސްގެ ބެލުމުގެ ދަށަށް ގެނައީ، މިއަދު މެންދުރު 2:10ގަ އެވެ.

Ad
rt

ކަރެކްޝަނަލް ސަރވިސުން ވިދާޅުވީ ފިލާފައިވަނީ ގދ. ރަތަފަންދޫއަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ އައިސަރު ނަސީމް ކަމަށެވެ. އޭނާ ފިލާފައިވަނީ މިއަދު ހެނދުނު ހެލްތް ސްކްރީން ހެދުމަށް އައިޖީއެމްއެޗަށް ގެންގޮސްފައި ހުއްޓާ ހެނދުނު 8:24 އެހާއިރުކަމަށް ކަރެކްޝަނަލް ސަރވިސުން މަޢުލޫމާތުދެއެވެ.

ނަސީމްއަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހުކުމް ތަންފީޒު ކުރަމުން އަންނަ މީހެކެވެ. އޭނާ އައިޖީއެމްއެޗްއަށް ގެންދިޔުމުގެ ކުރިން ހުރީ މާލެ ޖަލުގައި ބަންދުކޮށްފަ އެވެ.