މަގުމަތިން ދިޔަ އަންހެން ކުދިންތަކެއްގެ އަތުގައި ހިފި މީހަކު 6,000ރ. އިން ޖޫރިމަނާކުރަން ސ. ފޭދޫ ކޯޓުން ހުކުމްކޮށްފި އެވެ.

މިދިޔަ ހަފުތާގައި ފޭދޫ ކޯޓުން އެގޮތަށް ހުކުމްކުރީ އެރަށު ޒުވާނަކު އޮގަސްޓް, 2022 ގައި ސައިކަލަކުން ދިޔަ ދެ އަންހެން ކުއްޖެއްގެ އަތުގައި ހިފައި އަދި އެއް ކުއްޖެއްގެ މޭމަތީގައި އަތްލި މައްސަލާގަ އެވެ. އެ މީހާގެ މައްޗަށް ދައުލަތުން ކުރީ ގައިގައި އަތްލުމުގެ ދައުވާ އެވެ.

Ad
rt

އެ މީހާއާ އެކު ދައުލަތުން ހެދި އިއުތިރާފްގެ އެއްބަސްވުމެއްގެ ދަށުން, އޭނާ ވަނީ ކުށަށް އިއުތިރާފްވެފަ އެވެ. އެހެންކަމުން މިދިޔަ ހަފުތާގައި އެ ކޯޓުން ހުކުމްކުރީ އޭގެ ތެރެއިން އެއް ދައުވާގައި 3,600ރ. އިން ޖޫރިމަނާކޮށް އަދި ދެވަނަ ދައުވާގައި 2,600ރ. ގެ ޖޫރިމަނާގެ އަދަބެއް ދިނުމަށެވެ.

ޖޫރިމަނާ ފައިސާ ދެ މަސް ތެރޭގައި ދައުލަތަށް ދައްކަން އަންގާފައިވެ އެވެ.