ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން މި މަހުގެ 31 ވަނަ ދުވަހު މާލޭގައި ބޮޑު އެއްވުމެއް ބޭއްވަން ނިންމައިފިއެވެ.

އެމްޑީޕީން ސިޔާސީ ބޮޑު އެއްވުމެއް ބާއްވަން ނިންމީ ރޭ އެ ޕާޓީން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމު ގައެވެ. ރިޔާސަތުން އެ މައްސަލަ ހުށައެޅުމުން ހުރިހާ މެންބަރުން އެކަމަށް ތާޢީދު ކުރިއެވެ.

Ad
rt

މިހާރު ގާނޫނު އަސާސީއަށް ގެނެސްފައިވާ ބަދަލުތަކަކީ ރައްޔިތުންގެ ހިޔާލު ހޯދުމެއް ނެތި ގާނޫނުއަސާސީގެ ބާރު ކެނޑުވާލުމަށް ގެނެސް ފައިވާ ބަދަލުތަކެއް ކަމަށް އެމްޑީޕީއިން ބުނެއެވެ. އަދި އެ ބަދަލުގެ ސަބަބުން ވެރިކަމުގެ ނިޒާމު މަސްހުނި ވެގެންދާނެ ކަމަށް ވެސް އެޕާޓީއިން ބުނެއެވެ. އަދި މި އެއްވުމަކީ އެކަމާ ގުޅިގެން ބައްވާ ހަރަކާތެއް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

އިދިކޮޅުގައި ޕާޓީގެ ގޮތުގައި އޮންނަ އިރު އެމްޑީޕީއިން އަބަދުވެސް ވަރަށް ގިނައިން މަގުމަތީގެ ހަރަކާތްތައ ބާއްވައެވެ. ނަމަވެސް މިއީ ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގައި، އެމްޑީޕީން ދުރާލާ ރާވައިގެން މަގުމަތީގައި ބާއްވާ ފުރަތަމަ ހަރަކާތެވެ.