ހދ. އަތޮޅު ކައުންސިލްގެ ރައީސްކަމަށް މުޙައްމަދު ވަޙީދު އިންތިޚާބުވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ހާމަކޮށްފި އެވެ.

މިއީ 2025 ފެބްރުއަރީ 8 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު، ހަމައެކަނި ކުރިމަތިލާފައިވާ ފަރާތެވެ. ވަޙީދު ކުރިމަތި ލެއްވީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) ގެ ޓިކެޓުގަ އެވެ.

Ad
rt

އިލެކްޝަންސް ކޮމިޝަނުން ބުނީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 24 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، އިންތިޚާބު ކުރަންޖެހޭ އަދަދަށް ކުރިމަތިލާފައިވާތީ، ވަޙީދު އިންތިޚާބުވެފައިވާ ކަމަށެވެ.

ވަޙީދަކީ މިހާރުވެސް ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސްގެ މަޤާމު ފުރުއްވަމުންދާ ބޭފުޅެކެވެ. މީގެ އިތުރުން، އޭނާ ވަނީ ހދ. ހިރިމަރަދޫ ކައުންސިލްގެ ރައީސްކަން 4 ދައުރު ފުރުއްވާފައެވެ. ވައިކަރަދޫ ދާއިރާގެ ޕީއެންސީ ރައީސް އަކީވެސް ވަހީދު އެވެ.