3 މީހުންގެ ގުރޫޕަކުން 17 އަހަރުގެ ކުއްޖަކު ރޭޕުކޮށްފި އެވެ.

ފުލުހުން ބުނީ މިމަހުގެ 22 ވަނަ ދުވަހުގެ 20:15 ކަންހާއިރު ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަންގެ ރަށެއްގައި، 3 ފިރިހެނުންގެ ގްރޫޕަކުން 17 އަހަރުގެ އަންހެން ކުއްޖެއް ގޭންގު ރޭޕް ކުރި މައްސަލަ އެއް މިމަހުގެ 23 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ހުށައަޅާފައިވާކަމަށެވެ.

Ad
rt

މި މައްސަލަ ފުލުހުން ދަނީ ތަޙްޤީގުކުރަމުންނެވެ. ފުލުހުން ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަ ތަކަކީ ސީރިއަސްކޮށް ބަލަމުންދާ މައްސަލަ ތަކެއްކަމަށާއި ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމަށްޓަކައި ކުއްޖާގެ އަތޮޅާއި ރަށް ފުލުހުން ހާމަ ނުކުރާނެކަމަށް ބުނެފައިވެއެވެ.

މި މައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަން ގައި ހިމެނޭ އަތޮޅު ތަކަކީ ކ، އއ، އދ އަދި ވ އަތޮޅު ހިމެނޭ ޑިވިޝަން (މެދު ރާއްޖެތެރެ) އެވެ.