މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ މަޝްރޫޢުތަކުގެ އަދާހަމަ ފެންނަ ވެބްޕޭޖެއް އެކުންފުނިން ތަޢާރަފްކޮށްފިއެވެ.
އެކުންފުނީގެ މިޕޭޖުން އެކުންފުނީގެ ފަރާތުން މުޅިރާއްޖޭގައި ހިންގާ ހުރިހާ މަސައްކަތެއްގެ ތަފްސީލު ފެންނަން ހުންނާނެކަމުގައި އެމްޓީސީސީން ވަނީ ބުނެފައެވެ.
އެމްޓީސީސީން ބުނިގޮތުގައި މިޕޭޖުގެ ސަބަބުން އަތޮޅުތަކުގެ އެކިރަށްރަށުގައި ހިންގާ ހިންގާ ޕްރޮޖެކްޓެއް ވަކިވަކިން، ޕްރޮޖެކްޓް މަޢުލޫމާތު، އަގު، ފެށުނު ތާރީޚާއި، ހުއްޓިފައިވާ ތާރީޚާއި، އަދި ކުރެވިފައި ހުރި މަސައްކަތުގެ އެންމެފަހުގެ އަދާހަމަ ވެސް ލިބިގެންދާނެއެވެ.
އެމްޓީސީސީއަކީ ރާއްޖޭގެ ރަށްތަކުގެ އެއަރޕޯޓް އެޅުމާއި ބަނދަރުހެދުމާއި، ބިންހިއްކުމާއި، ގިރާ ސަރަހައްދު ހިމާޔަތް ކުރުމާއި، މަގު ހެދުމާއި، ސަރުކާރުގެ ބައެއް އިމާރާތްމިފަދަ ޢުމްރާނީ އެތަށް ތަރައްޤީގެ ޕްރޮޖެކްޓްތަކެއް ހިންގަމުން އަންނަ ކުންފުންޏެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!