ސްޕެނިޝް ލަލީގާގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ރެއާލް މެޑްރިޑާއި ވެލެންސިއާ ބައްދަލުކުރި މެޗުގައި، ވެލެންސިއާގެ ގޯލް ކީޕަރ ޑިމިޓްރިވެސްކީ ކަރުގައި ހިފުމުން ދެއްކި ރަތްކާޑާއި ގުޅިގެން ރެއާލުގެ ވިނީސިއަސް ޖޫނިއާ ދެ މެޗަށް ސަސްޕެންޑް ކޮށްފިއެވެ.

މި ސަސްޕެންޗަނުގެ ސަބަބުން ވިނީއަށް ލީގުގައި ރެއާލުން ލަސް ޕަލްމާސްއާއި ރެއާލް ވަޔަޑޮލިޑް އާއި ކުޅޭ މެޗުގައި ނުކުޅެވޭނެއެވެ.

Ad
rt

ވެލެންސިއާއިން ލީޑުގައި އޮއްވައި މެޗުގެ 79 ވަނަ މިނެޓުގައި، ވެލެންސިއާގެ އޭރިއާ ތެރެއަށް ވިނީ ވެއްޓިފައި އޮތްވަގުތު ވެލެންސިއާގެ ކީޕަރު ވިނީ ގައިގައި އަތްލުމުން އެކަމާއި ހިތްހަމަ ނުޖެހިގެން ވިނީ ވަނީ ކީޕަރުގެ ކަރުގައި އަތް އަޅައި ކޮށްޕާލާފައެވެ. ވީއޭއާރުން ބެލުމަށް ފަހު ރެފްރީ ވަނީ ވިނީ އަށް ސީދާ ރަތްކާޑެއް ދައްކާފައެވެ. މި މައްސަލާގައި ރެއާލަށް ވެސް ވަނީ ޖޫރިމަނާއެއް އައިސްފައެވެ.

އެ މެޗަށް ފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗް ކާލޯ އަންޗެލޮޓީ ބުނީ އެއީ ރަތްކާޑެއް ދައްކަން ޖެހޭ ހާލަތެއް ކަމަށް އޭނާ ގަބޫލް ނުކުރާ ކަމަށާއި ދެ ކުޅުންތެރިން ވެސް އެކަކު އަނެކަކު ގަގައިގައި އަތްލި ނަމަވެސް ހާލަތުގައި މާ ސީރިއަސް ކަމެއް ނެތުމުން ދެ ކުޅުންތެރިންނަށް ރީނދޫ ކާޑު ދެއްކުމުން ފުދޭ ކަމަށެވެ.

ވިނީއަށް ރަތްކާޑު ދެއްކިއިރު ރެއާލް އެއް ލަނޑުން ބަލިކޮށް އޮތްނަމަވެސް މެޗުގެ ފަހުވަގުތު މޮޑްރިޗާއި ބެލިންހަމްގެ ލަނޑުތަކުން ރެއާލް ވަނީ މޮޅުވެފައެވެ.