މާފަންނުގައި ހުރި ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، މިއަދު ހެނދުނު 9:53 ހާއިރު މީހަކު މަރުވެގެން އައި.ޖީ.އެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

Ad
rt

ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނީ މ.ތަރިވިލާގޭ އުމުރުން 41 އަހަރުގެ ޙުސައިން މުޙައްމަދު ކަމަށެވެ.

އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ހަމަޖެހިފައިވާ ކަމާށާއި މިމައްސަލައިގެ އިތުރު ތަޙުޤީގުތައް ކުރިއަށް ގެންދާ ކަމަށް ފުލުހުން ވިދާޅުވި އެވެ.