ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

މާލެސިޓީ ކައުންސިލުން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލާފައިވަނީ މިވަގުތު މާލެ ސަރަޙައްދަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެންކަމަށެވެ. މިވިއްސާރައާއެކު ހުޅުމާލެ ސަހަރާގެ ފެންފަށަލައިގައި 8 އިންޗިއާއި 9 އިންޗީގެ މިންވަރަކަށް ހަރުލާފައި ހުރުމުގެ ސަބަބުން މައްޔިތާ ވަޅުލުމަށް ވަޅުކޮނެ ސަންދޯއް ބެހެއްޓުމުގައި ގިނަގުނަ ދަތިތަކެއް ކުރިމަތިވާތީއެވެ.

Ad
rt

"މިއަދުން ފެށިގެން މާލެ ސަރަޙައްދުގައި މީހުން ވަޅުލުމުގެ ކަންކަން ޙާލަތު ރަނގަޅު ވަންދެން ކުރިއަށް ގެންދެވޭނީ މާލޭ އާސަހަރާގައި"

ސިޓީ ކައުންސިލުން ކުރި ޕޯސްޓުގައި ވިދާޅުވި އެވެ.

މީގެ ކުރިންވެސް ފެންބޮޑުވާ މައްސަލައިގައި މީހުން ވަޅުލުން ވަނީ މެދުކަނޑާލާފައެވެ.

މިފަހުން މާލެއަށް ކުރި ވިއްސާރައިގައި ހުޅުމާލޭ ސަހަރާގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފ އެވެ. މީސްމީނިއާގައިވެސް އެފަދަ ވިޑިއޯއެއް ވަނީ ދައުރުވެފައެވެ.