ދިވެހިންގެ ތެރޭގައި މަޤްބޫލުވި މަޖައްލާ "ދަރުމަ" 12 އަހަރުގެ މެދުކެނޑުމަކަށްފަހު ފަހު އަލުން ނެރެންފަށައިފިއެވެ.

"ދަރުމަ" މަޖައްލާގެ ދެވަނަ އިސްދާރުގެ އެޑިޓަރަކީ އައްޝައިޚް މުޙައްމަދު އަފްޟަލްއެވެ. އަފްޟަލަކީ "ދަރުމަ" މަޖައްލާގެ ކުރީގެ އެޑިޓަރު ސަލީމުގެ އަރިހުގައި އެ މަޖައްލާ ނެރުމުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ.

Ad
rt

އޭރު އަފްޟަލް ވަނީ "ދަރުމަ" މަޖައްލާގެ ގްރެފިކްސް އެންޑް ލޭއައުޓް ޑިޒައިނިންގ މަސައްކަތް 6 އަހަރާއި 9މަސް ދުވަހު ކުރައްވާފައެވެ. އަދި އެއިސްދާރުގެ ޑެޕިއުޓީ އެޑިޓަރުކަން 2 އަހަރާއި 2 މަސް ދުވަސް ދުވަހު އަދާކުރައްވާފައެވެ.

"ދަރުމަ" މަޖައްލާ ފުރަތަމަ ނެރެންފެށީ 2001 ވަނަ އަހަރުއެވެ. ފުރަތަމަ އިސްދާރުގެ ފަހު އަދަދު ނެރެފައިވަނީ 2013 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ.

"ދަރުމަ" މަޖައްލާ ކިޔުންތެރިންނާ ހަމައަށް ލިބިގެންދާނީ "ދިވެހިފޮތް" އެޕްލިކޭޝަނުންނެވެ. ދެވަނަ އިސްދާރުގެ އިފްތިތާޙުކުރުމުގެ ގޮތުން ހިލޭ މިމަޖައްލާ ފުރަތަމަ 3 މަސްދުވަހު ދިވެހި އެޕްލިކޭޝަނުން ޑައުންލޯޑް ކުރެވޭނެއެވެ.