ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓްއިން މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީއަށް -/250000 ރުފިޔާ ހަދިޔާކޮށްފިއެވެ.
ވެލާއިން މިފަދަ ބޮޑު އެހީއެއް އެންޖީއޯއަށް ވެދެއްވާފައިވާތީ ވަރަށް ޙާއްސަ ޝުކުރެއްވަނީ އަދާކޮށްފައެވެ. އެފަރާތުން ބުނީ އަމިއްލަ ކުންފުނިތަކުން އެހީތެރިކަން ފޯރުކޮށްދިނުމަކީ އެއެންޖީއޯއިން ކުރަމުން އަންނަ މަސައްކަތް ދެމެހެއްޓެނިވިގޮތެއްގައި ކުރުމަށް ވަރަށް މުހިންމުކަމެއްކަމަށެވެ.
އަދި ތެލަސީމިޔާ ކުދިންނަށް ހަމަ ހަމަ އަދި ރަނގަޅު ފުރުޞަތުރަކެއް ހޯދައިދިނުމަށް ލިބިގެންދިޔަ އިތުރު ފުރުޞަތެއްކަމަށެވެ.

މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީ އަކީ ޕޭޝަންޓުންގެ އާއިލާތަކުން އިސްނަގައިގެން 1994ވަނަ އަހަރު އުފައްދާފައިވާ އެން.ޖީ.އޯ އެކެވެ. މި ޖަމިއްޔާގެ އަމާޒަކީ ރާއްޖޭގެ ތެލެސީމިއާ ޕޭޝަންޓުންގެ ދިރިއުޅުމުގެ ފެންވަރު ރަގަޅުކޮށް ތެލެސީމިއާ ކޮމިއުނިޓީ އަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ދިވެހިރާއްޖޭގައި 800 އަށް ވުރެ ގިނަ ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓަރ ވެފައިވާއިރު ފާއިތުވެދިޔަ އަހަރުތަކުގައި ތެލެސީމިޔާ ކުދިން ދަނީ އިތުރުވަމުންނެވެ. ވުމާއި އެކު މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީއިން ދަނީ ތެލެސީމިއާ އާއިމެދު އާއްމުންގެ ހޭލުންތެރިކަން އިތުރުކޮށް އެހީތެރިކަން ބޭނުންވާ އާއިލާތަކަށް ސަޕޯޓްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!