"ޒީރޯ ޓޮލަރެންސް" އަކީ ކޮބައިތޯ އިރުތިޝާމް އާދަމް ސުވާލު އުފައްދައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ހެލްތް މިނިސްޓަރުކަން އަދި އެންމެ ފަހުން ޔޫތް މިނިސްޓަރުކަން ކުރެއްވި އިރުތިޝާމް މިކަމަށް ސުވާލު އުފައްދާ ފޭސްބުކްގައި ލިއުއްވި ސްޓޭޓަސް އެއްގައި ބުނެފައިވަނީ އިޖްތިމައީ މައްސަލަތައް މެދުވެރިވާ ހާލަތުގައި ޒީރޯ ޓޮލަރެންސްގެ ޕޮލިސީ ތަންފީޒުކުރާނީ ކޮންގޮތަކަށްތޯ އައްސަވާފައެވެ. އަދި މިއީ އިޖްތިމާއީ ހަލަބޮލިކަން އޮއްބާލުމަށް ބޭނުންކުރާ ޓޫލްއެއްތޯ ސުވާލު އުފައްދަވާފައެވެ.

Ad
rt

ކުޑަކުދިންނާ ގުޅޭ ޖިންސީ ގޯނާކުރުމުގެ މައްސަލަތަކަކީ ސަރުކާރުން "ޒީރޯ ޓޮލަރެންސް" ގެންގުޅުއްވާނެ މައްސަލަތަކެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން މި ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތަކީ “ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން” ކަމަށާއި ސަރުކާރުގެ ކޮންމެ މަޤާމެއްގައި ހުރި މީހަކު ނަމަވެސް ކޮރަޕްޝަންގެ ޢަމަލެއް ހިންގުމަށް ފުރުޞަތު ނުދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މީގެކުރިން ވިދާޅުވެފައިވާ ވިދާޅުވުން އަންނަނީ ތަކުރާރު ކުރައްވަމުންނެވެ.

އިރުތިޝާމް އަކީ ރައީސް މައުމޫނުގެ ވެރިކަމުން ފެށިގެން ޑިޕްލޮމެޓިކް ދާއިރާގައި ހަރަކާތްތެރިވެލެއްވި ކަނބަލެކެވެ. ނަޝީދު ސަރުކާރުގައި ޖެނީވާގައި ހުންނަވާ ސަފީރުކަމުގެ މަގާމުވެސް އަދާކުރެއްވިއެވެ. މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވާ މިއަދު ކުރެއްވި ޓްވީޓެއްގައި އިރުތިޝާމް ވިދާޅުވީ، އޭނާ ވާދަ ކުރައްވާނީ ހެންވޭރު ދެކުނު ދާއިރާއަށް ކަމަށެވެ.