ކޭތީ ޕެސިފިކްގެ ފްލައިޓެއް ހޮންގކޮންގުން 2025 ވަނަ އަހަރު ފުރައިގެން، ލޮސްއެންޖެލެސްއަށް ޖެއްސުނީ 2024 ވަނަ އަހަރުގައެވެ.

އިންޓަރނޭޝަނަލް ޑޭޓް ލައިން (އައިޑީއެލް) ހުރަސްކުރަން ޖެހުމުން، މި ފްލައިޓްގައި ދަތުރުކުރި ފަސިންޖަރުންނަށް އައު އަހަރަށް ދެފަހަރު މަރުޙަބާ ކިޔުމުގެ ފުރުސަތު ލިބިގެންދިޔަ އެވެ. އައިޑީއެލްއަކީ ޕެސިފިކް ކަނޑުގެ މެދުން ދަމާލެވިފައިވާ ހިޔާލީ ރޮނގެކެވެ. މި ރޮނގުން ވިދިވިދިގެން އަންނަ ދެ ތާރީޚު ވަކިކޮށްދެއެވެ.

Ad
rt

މި ފްލައިޓްގައި ދަތުރުކުރާ ފަސިންޖަރުން ހޮންގކޮންގުން ފުރީ އައު އަހަރުގެ ފަތިހުގެ ވަގުތެއްގައެވެ. އަދި ލޮސްއެންޖެލެސްއަށް ޖައްސާފައިވަނީ އައު އަހަރު ވުމުގެ ކުރިންނެވެ. އެއީ، 2024 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 31 ވަނަ ދުވަހުގެ ރޭ 20:11 ގައެވެ.

ދަތުރުވެރިންގެ ތެރެއިން ގިނަ ބަޔަކު މި ކަމާ ހައިރާންވެފައިވާ ކަމަށް ވަނީ ބުނެފައެވެ.

"އަހަރެމެން ފުރީ 2025 ގައި. އެކަމަކު އާދެވުނީ 2024 ގައި. ޓައިމް ޓުރެވެލް ކުރެވުނީ؟،"

އެއް ދަތުރުވެރިޔަކު ބުންޏެވެ.

This flight took off from Hong Kong in 2025 and will land in Los Angeles back in 2024

ޓައިމް ޓުރެވެލް ކުރުމަކީ ގިނަ ބަޔަކު ޝައުގުވެރިވާ މަޢުލޫއެކެވެ. އެހެންނަމަވެސް، ސައިންޓިފިކް ގޮތުން މާޒީއަށް ނުވަތަ ފިއުޗަރ އަށް ދަތުރުކުރުމަކީ މުސްތަހީލު ކަމެކެވެ.