އެއަރޕޮޑްސް ވިއްކައިގެން އެޕަލްއަށް ލިބޭ އާމްދަނީ އެހެން ބޮޑެތި ކުންފުނިތަކަށްވުރެ އިތުރުވެފައިވާ ކަމަށް ޓެކްރިޕޯޓްތައް ބުނެފިއެވެ.
ވޭތުވެދިޔަ އަށް އަހަރުގެ ތެރޭގައި އެޕަލްގެ ވަޔަރލެސް އިޔަރބަޑް ކަމުގައިވާ އެއަރޕޮޑްސް ވަނީ ޓެކްނޮލޮޖީ ދުނިޔޭގައި ވަރަށް ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. ބްލޫމްބަރގް އިން ހަދާފައިވާ ދިރާސާއަކުން ދައްކާގޮތުގައި 2021 އިން ފެށިގެން އެއަރޕޮޑްސް ވިއްކައިގެން އަހަރަކު 18 ބިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއް އެޕަލްއަށް ލިބެއެވެ.
މި އަދަދަކީ ނިންޓެންޑޯ ފަދަ ބޮޑު ކުންފުންޏެއްގެ 2023 ވަނަ އަހަރުގެ މުޅި އާމްދަނީއަށްވުރެ ބޮޑު އަދަދެކެވެ. މީގެ އިތުރުން، ޕީސީމެގް އިން ހަދާފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި އެއަރޕޮޑްސް ވިއްކައިގެން ލިބޭ އާމްދަނީ ސްޕޮޓިފައި، އީބޭ، އެއަރބީއެންބީ، ޑޯޑޭޝް އަދި އޯޕަންއޭއައި ފަދަ ކުންފުނިތަކުގެ އަހަރީ އާމްދަނީއަށްވުރެ ބޮޑެވެ.
ބްލޫމްބަރގްގެ ލަފާގައި، މި ދަހައިގެ ނިޔަލަށް އެއަރޕޮޑްސް ވިއްކައިގެން ލިބޭ އާމްދަނީ އައިޕެޑް ވިއްކައިގެން ލިބޭ އާމްދަނީއަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ. މިހެން ވުމުގެ މައިގަނޑު ސަބަބަކީ އެއަރޕޮޑްސްގެ އަގު އައިޕެޑް އަދި މެކް ފަދަ އުފެއްދުންތަކަށްވުރެ ކުޑަވުމެވެ.
2022 ވަނަ އަހަރު އައިފޯން ބޭނުންކުރާ މީހުންގެ ތެރެއިން 40 އިންސައްތަ މީހުން އެއަރޕޮޑްސް ބޭނުންކުރާކަން ފާހަގަކުރެވެއެވެ. މިހާރު ދުނިޔޭގައި 1.5 ބިލިއަން އައިފޯން ބޭނުންކުރާއިރު، މިއީ 600 މިލިއަން އެއަރޕޮޑްސް ބޭނުންކުރާ މީހުން ތިބި ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!