މިއަދު (24.12.24)ގައި ފެމިލީ ކޯޓުގައި 52 ކައިވެނި ކޮށްދީފިއެވެ.

އަހަރެއްގެ ރީތި ތާރީޚް ތަކާއި ދިމާކޮށް ކައިވެނިތައް ކުރާ އަދަދު އިތުރުވެއެވެ.

Ad
rt

މިގޮތުން މިއަދު (24.12.24) އަކީ މި އަހަރު ދިމާވާ ރީތި ތާރީޚުން އެއް ތާރީޚެވެ.

ފެމިލީ ކޯޓުން މިއަދު އާންމުކުރި ތަފާސްހިސާބަށް ބަލާއިރު އެ ކޯޓުގައި މިއަދު ރަސްމީ ގަޑީގައި 16 ކައިވެނި، ނުރަސްމީ ގަޑީގައި 36 ކައިވެނިކޮށް ދޭނެއެވެ.

ރާއްޖެ އަކީ ވަރީގެ ނިސްބަތް ނިސްބަތުން މަތީ ގައުމެކެވެ. ފެމިލީ ކޯޓުގެ ތަފާސް ހިސާބަށް ބަލާއިރު މިދިޔަ ނޮވެމްބަރު މަހު 192 ކައިވެނި ކޮށްދިންއިރު 95 ވަރި ސާބިތުކޮށްފަވެއެވެ.

އޮކްޓޯބަރު މަހު 205 ކައިވެނިކޮށްދީފައިވާއިރު، 148 ވަރި ސާބިތުކޮށްފަވެއެވެ. ސެޕްޓެމްބަރު މަހު 194 ކައިވެނި ކޮށްދީފައިވާއިރު 98 ސާބިތުކޮށްފަވެއެވެ.