މާލޭގެ ގެއެއްގައި ނިޔާވެފައި އޮތް 35 އަހަރުގެ މީހަކު ފެނިއްޖެ އެވެ.
މީޑިއާތަކަށް މަޢުލޫމާތު ދެމުން ފުލުހުން ބުނީ ގަލޮޅުގައި ހުންނަ ގެއެއްގައި ޚަބަރު ހުސްވެފައި އޮތް މީހަކު އޮތްކަމުގެ ރިޕޯޓް މިއަދު ހަވީރު ފަހެއް ޖަހާކަށް ހާއިރު ލިބިފައިވާ ކަމަށެވެ.
ނިޔާވެފައި އޮއްވާ ފެނުނީ މާލެއަށް ނިސްބަތްވާ ފިރިހެނެކެވެ. އެއީ ގ. ފޮރެސް ލައިޓް އަލީ ރަޝީދު އެވެ.
އައިޖީއެމްއެޗާ ހަވާލާދީ ފުލުހުން ބުނީ އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ ނިޔާވެފައި ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!