އިނގިރޭސި ލީގް ކަޕް (ކަރަބޯ ކަޕް) ކުއާޓާ ފައިނަލުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ހޮސްޕާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލުން ޓޮޓެންހަމް ޖާގަ ހޯދައިފިއެވެ. ރޭ ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދީ 4-3 ގެ ނަތީޖާއިންނެވެ.
މެޗުގައި ފުރަތަމަ ތިން ލަނޑު ވެސް ޖެހީ ޓޮޓެންހަމުންނެވެ. ފުރަތަމަ ލަނޑު 15 ވަނަ މިނެޓުގައި ސޮލަންކޭ ޖަހައިދިންއިރު ދެވަނަ ލަނޑު ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައި ޖަހައިދިނީ ކްލުސެވެސްކީއެވެ. އެ ޓީމްގެ ތިންވަނަ ލަނޑު 54 ވަނަ މިނެޓުގައި ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބު ކޮށްދިން ސޮލްންކޭއެވެ.
ތިން ލަނޑުގެ ލީޑެއްގައި ޓޮޓެންހަމް ހަމަޖެހިލި ނަމަވެސް އެ ޓީމްގެ ކީޕަރަށް ހެދުނު ގޯހުގެ ފައިދާނަގައި ޔުނައިޓެޑުން ވަނީ ދެ ލަނޑުޖަހައި ފަރަގު ކުޑަކޮށްފައެވެ. އެ ޓީމަށް މި ދެ ލަނޑު ޖަހައިދިނީ ޒިކްޒީއާއި އަމަދް ޑިއާލޯއެވެ.
މެޗުގެ ފޯރި ގަދަވެފައި ވަނިކޮށް ޓޮޓެންހަމްގެ ސޮން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ފަރަގު ބޮޑުކޮށްފައެވެ. ޔުނައިޓެޑްގް ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ ޖޯނީ އިވަންސްއެވެ.
މި މުބާރާތުގެ ސެމީ ފައިނަލުގައި ޓޮޓްނަމް ހޮޓްސްޕަރ އާއި ދެކޮޅަށް ނިކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އަދި ޕްރިމިއާ ލީގުގެ އެއްވަނައިގައި މިވަގުތު އޮތް ލިވަޕޫލް އެވެ. ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބައްދަލު ކުރާނީ އާސެނަލް އާއި ނިއު ކާސަލް ޔުނައިޓެޑް އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!