ކޯޓުން ބޭރުން ކައިވެނިކޮށްގެން ކަމަށްބުނެ 15 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ހަރުކަށި ފިކުރު ޤަނޫނާއި ޚިލާފަށް ކޯޓުން ބޭރުގައި 15 އަހަރުގެ އަންހެން ކުއްޖަކާއި ކައިވެނި ކޮށްގެން ކަމަށް ބުނެ އޭނަ އާ މެދު ޖިންސީ ގޯނާ ކުރި މައްސަލަ އެއްގައި، 2020 ޖަނަވަރީ 19 ވަނަ ދުވަހުގެ 14:50 ކަން ހާއިރު ކޯޓު އަމުރެއްގެ ދަށުން 39 އަހަރުގެ ދިވެހި ފިރިހެނެއް ޏ.ފުވައްމުލަކުން ހައްޔަރު ކޮށްފައިވާކަމަށެވެ.

Ad
rt

މި މީހާ އަކީ މީގެ ކުރިންވެސް 18 އަހަރުން ދަށުގެ އަންހެން ކުދިއްނާއި މެދު ގަދަކަމުން ބަދު އަޚްލާގީ އަމަލު ހިންގި ކަމުގެ ރެކޯޑްސް އޮއްނަ މީހެއްކަމަށާއި އަދި މި މައްސަލަ އާ ގުޅިގެން، 15 އަހަރުގެ އަންހެން ކުއްޖާގެ މައްމަ (35 އަހަރުގެ ދިވެހި އަންހެނެއް) އޭނާގެ ދަރިފުޅާއި މެދު އިހުމާލު ވެފައިވަ މައްސަލައިގައި 2020 ޖަނަވަރީ 19 ވަނަ ދުވަހުގެ 16:02 ކަންހާއިރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަޙްޤީގު ކުރަމުންނެވެ.