ކޮމިސނަރ އޮފް ޕްރިޒަންސް އަބުދު ﷲ މުނާޒު މަޤާމުން ވަކިކުރަށްވައިފިއެވެ.
ޖަލުތައް ބެލެހެއްޓުމުގެ މަސައްކަތުގެ އިސްމީހެއްގެ ޒިންމާ އަދާކުރަށްވާ ސީޕީ މުނާޒް މަޤާމުން މި ވަކި ކުރެއްވީ ޖަލުތާމެދު އާންމުންގެ ކަންބޮޑުވުން އިތުރުވެ، ނުކަސިޔާރު ވާހަކަތަށް ފެން މަތިވެފައިވާ ދަނޑިވަޅެއްގައެވެ.
މުނާޒް އެމަޤާމަށް އައްޔަނުކޮށްފައިވަނ ީ25 ޑިސެމްބަރ 2018 ގައެވެ.
ބައެއް ގައިދީން ޖަލުގައި ބަނޑުހައިހޫނު ކަމުގެ ހަޅުތާލު ކުރުންވެސް ފަހަކަށް އައިސްވަނީ ގިނަވެފައެވެ. ޖަލުގައި މި ފަހުން ހިނގާދިޔަ ހަމަނުޖެހުންތަކުގައި އޮފިސަރުންގެ ފަރާތުން ގައިދީނަށް އަނިޔާތަކެއް ކުރިކަމުގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ. ޖަލު ހަމައަކަށް ނޭޅުވި ގިނަ ދުވަސްތަކެއް ފާއިތުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!