އިނގިރޭސި އެފްއޭ ކަޕް ތިންވަނަ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލް ވާދަކުރަން ޖެހިއްޖެއެވެ.
އިނގިރޭސި އެފްއޭ ކަޕްގެ އެންމެ ކާމިޔާބު ދެ ޓީމަކީ ވެސް ޔުނައިޓެޑާއި އާސެނަލްއެވެ. އާސެނަލުން މި މުބާރާތް 14 ފަހަރު ކާމިޔާބު ކޮށްފައިވާއިރު ޔުނައިޓެޑުން ވަނީ 13 ފަހަރު ކާމިޔާބު ކޮށްފައެވެ.
ތިންވަނަ ބުރުގައި މެންޗެސްޓަރ ސިޓީ ނުކުންނާނީ ސަލްފޯޑްއާއި ދެކޮޅަށެވެ. ލިވަޕޫލުން ދެވަނަ ޑިވިޝަނުގެ އެކްރިންޓަން ސްޓޭންލީ އާއި ދެކޮޅަށް ނުކުންނައިރު، ޗެލްސީ ބައްދަލުކުރާނީ މޯކެމްބޭ އާއެވެ. ތިންވަނަ ބުރުގައި ޓޮޓެންހަމް ބައްދަލުކުރާނީ ޓެމްވޯތް އާއެވެ. އެވަޓަން އާއި ދެކޮޅަށް ޕީޓަރބަރޯ ނިކުންނައިރު މިއީ އެވަޓަންގެ އެޝްލީ ޔަންގް އަށް ވަރަށް ހާއްސަ މެޗަކަށް ވެގެންދާނެއެވެ. ސަބަބަކީ ޕީޓަރބަރޯގައި ޔަންގްގެ ދަރިއަކު ކުޅޭތީއެވެ.
މުބާރާތުގެ ތިންވަނަ ބުރުގެ މެޗުތައް ކުޅުމަށް ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 11 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!