ތަތްނުލަވާ ތަވައާއި ތެއްޔަކީ ދިވެހިންގެ މެދުގައި ވަރަށް މަޤުބޫލު އެއްޗެކެވެ. ފަސޭހަ ކަމާއި އެތަކެއް ތަކުލީފަކުން މިންޖު ކުރެވުން އެއްޗެކެވެ.
އެހެން ނަމަވެސް މިފަދަ ތަތް ނުލަވާ ތަވައާއި ތެލި ބޭނުން ކުރުމުގައި ސަމާލުވާން ޖެހެއެވެ. ރާއްޖޭގެ މަޝްޙޫރު ޑޮކްޓަރ ޒިޔާދު ފޭސްބުކްގައި އަންނަނީ އެކިއެކި މަޢުލޫމާތު ހިއްސާ ކުރަމުންނެވެ. އެގޮތުން "ތިބާއަށް އެނގޭ ހެއްޔެވެ؟" މިބައިގެ ދަށުން ލިއުއްވަމުން ގެންދަވާ އެކި އެކި ސިއްޙީ މަޢުލޫމާތުތަކުގެ ތެރެއިން "ކޮބާ އެއްލާލާކަށް ނުވޭތަ؟" މިސުރުޙީގެ ދަށުން ލިޔެފައިވާ ލިއުމުގައި ބުނެފައިވަނީ ބައެއް ތަތްނުލަވާ ތަވައާއި ތެއްޔަކީ "ޕާފްލޮރިނޭޓަޑް ކެމިކަލްސް" ހުންނަ ތަކެތިކަމަށެވެ.
މިކެމިކަލްސްގެ ސަބަބުން ލިބޭ ދަރިފުޅުގެ ބަރުދަން ލުއިވުމާއި، ފިރިހެނުންގެ، ދަރިންލިބުމުގެ ނިޒާމުގެ މައްސަލަތަކާއި، ތައިރޮއިޑާއި ކިޑުނީ އާއި ސަރުބީ މައްޗަށް ދިއުމުގެ މައްސަލަތަކާއި ގުޅިފައިވެއެވެ. ވީމާ، ތަވަލާއި ދެލިފަދަތަކެތި ގަންނައިރު އެސް އެސް ނުވަތަ ރަނގަޅު "ސިރަމިކް ކޯޓިންގ" ހުންނަ ތަކެއްޗަށް އިސްކަން ދެއްވާށެވެ.

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!