ނޭނގޭ ޕާރުސަލުތަކެއް ގއ. މާމެންދޫ ގޮނޑުދޮށަށް ލައްގައިފިއެވެ.
ފުލުހުން ބުނެފައިވަނީ މާމެންދޫގެ ދެކުނު ފަރާތުގެ ގޮނޑުދޮށަށް ގޮތް ނޭނގޭ ޕާރްސަލުތަކެއް ލައްގާފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 06:35 ގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
ފުލުހުން ބެލި ބެލުމުން ގޮތްނޭނގޭ 44 ޕާރުސަލް މާމެންދޫ ގޮނޑުދޮށަށް ލައްގާފައިވާ ކަމަށާއި، އެ ޕާރުސަލްތަކުގައި ހުރި އެއްޗެހި ޓެސްޓު ކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ހާމަކުރަށްވާފައިވެއެވެ.
މިހިނގާ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުވެސްވަނީ ސިފައިންގެ ތަމްރީނުތައް ހެދުމަށް ބޭނުންކުރާ ރަށެއްކަމަށްވާ ކ.ގިރިފުށީ ޖެޓީ ކައިރިއަށް ގޮތްނޭނގޭ ޕާރުސަލެއް ވަނީ ލައްގައިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!