ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޝްތިހާރުކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން ޓިކްޓޮކުން އޭއައި ޕަވާޑް ވީޑިއޯ ޕްލެޓްފޯމެއް ތައާރަފްކޮށްފިއެވެ.

ބައިޓްޑާންސްގެ ހިއްސާ އޮންނަ ޓިކްޓޮކްގެ ޖެނެރޭޓިވް އޭއައި ވީޑިއޯ ކްރިއޭޝަން ޕްލެޓްފޯމް، ސިމްފަނީ ކްރިއޭޓިވް ސްޓޫޑިއޯތައް އިޝްތިހާރުކުރާ ހުރިހާ ފަރާތްތަކަށް ދުނިޔޭގެ ފެންވަރުގައި ލިބޭގޮތަށް ތަޢާރަފްކުރުމުގެ ބޭނުމަކީ ޓިކްޓޮކްގެ އިޝްތިހާރުގެ ވިޔަފާރި ކުރިއެރުވުމަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

Ad
rt

މި އަހަރުގެ ކުރީކޮޅު ވޯލްޑް ޕްރޮޑަކްޓް ސަމިޓްގައި ސޯޝަލް މީޑިއާ ޓިކްޓޮކް ޕްލެޓްފޯމުން ވަނީ ވިޔަފާރިތަކާއި ކްރިއޭޓަރުންނާއި އެޖެންސީތަކުން އެ މީހުންގެ ބްރޭންޑްތަކާ އެއްގޮތަށް ފެންވަރު ރަނގަޅު އަދި ހިތްގައިމު ކޮންޓެންޓް ކަސްޓަމައިޒް ކުރުމަށް އެހީތެރިވުމުގެ ގޮތުން "ސިމްފަނީ" ގެ ނަމުގައި އާ ކްރިއޭޓިވް ކޮންޓެންޓް ސުއިޓެއް ނެރެފަ އެވެ.

މި ސުއިޓްގައި ހިމެނެނީ ސިމްފަނީ ކްރިއޭޓިވް ސްޓޫޑިއޯ، ސިމްފަނީ އެސިސްޓެންޓް، ސިމްފަނީ ޑިޖިޓަލް އެވެޓާސް އަދި ޓިކްޓޯކް ގެ އިޝްތިހާރު މެނޭޖަރެވެ.

ވާޗުއަލް އެސިސްޓެންޓެއް ވެސް ހިމެނޭ ސިމްފަނީ ކްރިއޭޓިވް ސްޓޫޑިއޯއަކީ ޕްލެޓްފޯމްގައި ކޮންޓެންޓް އުފެއްދުމަށް ޓަކައި މަސައްކަތްތައް އޮޓޮމޭޓް ކުރުމަށް އެހީތެރިވެދޭ ސްޓޫޑިއޯއެކެވެ.

އެގޮތުން ޓެކްސްޓް އިންޕުޓްތައް ވީޑިއޯތަކަށް ބަދަލުކުރުމާއި ކޮންޓެންޓް ފައިނަލް ކުރުމަށް އެޑިޓް ކުރެވޭނެ ޕްރިވިއުތައް އުފެއްދުމާއި ރީމިކްސް ކުރުމާއި ޑިޖިޓަލް އެވަޓާ ކްރިއޭޝަން، ޓްރާންސްލޭޝަން ފަދަ ފީޗާތައް ޓިކްޓޮކްގައި ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ޓިކްޓޮކަކީ އިތުރު ބްރޭންޑްތަކާއި މާކެޓަރުން ޝައުގުވެރިކުރުވަން މަސައްކަތް ކުރާތީ އެ ކުންފުނީގެ އިޝްތިހާރު ވިޔަފާރީގައި އޭއައި ޖެނެރޭޓެޑް ފީޗާތައް ހިމެނުނު އެންމެ ފަހުގެ ޓެކް ކުންފުންޏެވެ.