އެޕަލް ގެ އޯޕަރޭޓިންގ ސިސްޓަމް އައި.އޯ.އެސް 18.2ގެ ބީޓާ ވަރޝަން ވަނީ ނެރެފައެވެ. މިވަރޝަނުގައި ގިނަ އައު ފީޗާތަކެއް އެކުލެވޭއިރު، އޭގެ ތެރޭގައި އައު އިމޭޖް ޖެނެރޭޝަން އެޕްއާއި، އަޕްގްރޭޑް ކުރެވިފައިވާ ރައިޓިން ޓޫލްސް ހިމެނެއެވެ.
އައިފޯން 16ގެ ސިލްސިލާގައި އެންމެ އިސްކަމެއް ދީފައިވާ މައިގަނޑު ފީޗާއަކީ "އެޕަލް އިންޓެލިޖެންސް" އެވެ. އެޕަލް އިންޓެލިޖެންސް މެދުވެރިކޮށް އެތައް އޭ.އައި ފީޗާތަކެއް ތަޢާރަފްކުރުމަށް ވަނީ ރޭވިފައެވެ. މިގޮތުން ޓެކްސްޓް ޕްރޮމްޕްޓް މެދުވެރިކޮށް އިމޭޖް އުފެއްދޭނެ އައު "އިމޭޖް ޕްލޭގްރައުންޑް" އެޕާއި، "ޖެންމޯޖީ" ގެ ނަމުގައި ކަސްޓަމް އިމޯޖީ އުފެއްދުމުގެ ފީޗާ ވަނީ ތައާރަފްކޮށްފައެވެ.
މީގެ އިތުރުން މޮޝަން ސިކްނަސް ކޮންޓްރޯލް ކުރުމަށް ޑައިނަމިކް އައިލެންޑްގައި ވެހިކަލް މޮޝަން ކިއުސް އާއި ހޮޓްސްޕޮޓް މެދުވެރިކޮށް އައިފޯން މިރަރިންގ ގެ ފީޗާ ވެސް ވަނީ ހިމަނާފައެވެ. އަދި މީގެ އިތުރުން މިއަންނަ އަޕްޑޭޓްގައި ޗެޓްޖީޕީޓީ އިންޓެގްރޭޓް ކުރެވިފައިވާ ސިރީއާއި އައު ވޮއިސް ކޮމާންޑްތައްވެސް ތައާރަފްކުރާނެއެވެ.
މިވަގުތު ބީޓާ ވަރޝަންގައި ހުރި މިފީޗާތައް ޑިސެމްބަރު މަހު އާންމުކޮށް ބޭނުންކުރެވޭގޮތަށް ލިބޭނެކަމަށް އެޕަލްއިން މައުލޫމާތު ދެއެވެ. މިއާއެކު އައު އަޕްޑޭޓް އެމެރިކާގެ އިތުރުން އޮސްޓްރޭލިއާ، ކެނެޑާ، ނިއުޒިލޭންޑް، ދެކުނު އެފްރިކާ އަދި އިނގިރޭސިވިލާތަށް ލިބޭނެކަމަށް ވަނީ އިއުލާން ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!