ޑައިވިނަށް ދިޔަ ފަތުރުވެރިޔަ މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ، އއ. މާޅޮސް ކައިރީގައި އޮތް ސަފާރީއަކުން ޑައިވިންގްއަށް ދިޔަ ޖަރުމަނު ވިލާތުގެ އަންހެނަކު މަރުވެފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 08:45 ހާއިރު ކަމަށެވެ.

Ad
rt

މަރުވެފައިވާ އަންހެން މީހާއަކީ އުމުރުން 71 އަހަރުގެ މީހެއްކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މީހާ އއ. މާޅޮސް ހެލްތް ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަހުގީގު ކުރަމުން ނެވެ.