އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވިކަމަށް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާންކުރައްވައިފ ިއެވެ.

ޕާމް ބީޗް ކޮންވެންޝަން ސެންޓަރުގައި ތާއީދުކުރައްވާ ފަރާތްތަކާ މުޚާތަބުކުރައްވަމުން ޓްރަމްޕް ވިދާޅުވީ އެމެރިކާ ރައްޔިތުން އެމަނިކުފާނަށް ދެއްވާފައިވަނީ މިހާތަނަށް ދުވަހަކުވެސް ނުދޭފަދަ ބާރުގަދަ މެންޑޭޓެއް ކަމަށެވެ.

Ad
rt

މިހާތަނަށް ގުނާފައިވާ ވޯޓުތަކަށް ބަލާއިރު، ޓްރަމްޕަށް 266 އިލެކްޓޯރަލް ވޯޓު ލިބިވަޑައިގެންފައިވާއިރު، އޭނާގެ ވާދަވެރިޔާ ކަމަލާ ހެރިސްއަށް ލިބިވަޑައިގެންފައިވަނީ 188 ވޯޓެވެ. ރައީސްކަން ކާމިޔާބުކުރެއްވުމަށް 270 އިލެކްޓޯރަލް ވޯޓު ހޯއްދެވުން ލާޒިމްވެއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޑްނަލްޑް ޓްރަމްޕްގެ ރިޔާސީ ދަޢުރުގައި އެމެރިކާއިން އެއްވެސް ބަޔަކާ އަސްކަރީ ހަނގުރާމައެއް ނުކުރާނެ ކަމަށާއި، ވީ ވަޢުދާ އެއްގޮތަށް ހަނގުރާމަތައް ހުއްޓުވާ ޞުލްހަ ޤާއިމްކުރާނެ ކަމަށް ޓްރަމްވިދާޅުވި އެވެ.

ޣައްޒާ އާއި ލުބުނާނުގައި އިސްރާއީލުން ކުރަމުންދާ ހަނގުރާމަތައް ހުއްޓުވާނެ ކަމަށް ޓްރަމްޕް ވަޢުދުވުމުން އެމެރިކާގެ މުސްލިމުންގެ ކޮމިޔިނިޓީން އިއްޔެ ވަނީ ޓްރަމްޕަށް ތާޢީދުކުރާކަން ރަސްމީކޮށް އިއުލާންކޮށްފަ އެވެ.

އަދިވެސް ގުނަން ހުރި ގިނަ އަދަދެއްގެ ވޯޓުތަކެއް ހުރިއިރު، އަދި ރަސްމީ ނަތީޖާ އިޢުލާންކުރުމަށް އިތުރު ދެތިން ދުވަސް ނަގާނެކަމަށް ބެލެވެއެވެ.

ނަމަވެސް، ގިނަ ލީޑަރުން އަންނަނީ ޓްރަމްޕް އަށް މަރުހަބާ ވިދާޅުވަމުން ނެވެ. އެގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވަނީ ޓްރަމްޕަށް މަރުޙަބާ ދަންނަވާފައެވެ.

އިންތިޚާބުގެ ވާދަވެރިޔާ ކަމަލާ ހެރިސް ވަނީ، ތާއީދުކުރައްވާ ފަރާތްތަކާއެކު ބޭއްވުމަށް ހަމަޖެހިފައިވާ އެއްވުން މިހާރު ކެންސަލްކުރައްވާފައެވެ.