އެފްރިކާގައި އެމްޕޮކްސް ކޮންޓްރޯލް ނުވާތީ އިތުރު ވަޞީލަތްތައް ފޯރުކޮށްދިނުމަށް އެދެފިއެވެ.
އެފްރިކަން ޔޫނިއަންގެ ސިއްޙީ ފަރާތްތަކުން އިންޒާރުދީފައިވަނީ މްޕޮކްސްގެ ފެތުރުން އަދިވެސް ކޮންޓްރޯލް ނުވާކަމަށާއި، ކޮވިޑް-19 އަށްވުރެ ބޮޑު ބަލިމަޑުކަމަކަށް މިކަން ނުވުމަށްޓަކައި ވަސީލަތްތަކަށް އެދިފައެވެ.
ބުރާސްފަތި ދުވަހު ބޭއްވުނު ބްރީފިންގެއްގައި އެފްރިކާ ސެންޓަރސް ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާ ސީޑީސީ)ގެ ވެރިޔާ ވިދާޅުވީ، މި ހާލަތު އަދިވެސް ކޮންޓްރޯލެއް ނުވާކަމަށާއި، އެފްރިކާ އަދިވެސް އޮތީ އެ ބަލިން އާންމުކޮށް އަރައިގަތުމުގެ މަރުޙަލާގައި ކަމަށެވެ.
އެފްރިކާ ސީޑީސީގެ މަޢުލޫމާތު ދައްކާގޮތުން، ޖަނަވަރީ މަހުން ފެށިގެން އެފްރިކާގައި 48,000 އަށްވުރެ ގިނަ އެމްޕޮކްސްގެ ކޭސް ރިޕޯޓުކުރެވި، 1,100 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. މޯރިޝަސްގައި އެމްޕޮކްސްގެ ފުރަތަމަ ކޭސް ފެނުމާއެކު، މިހާރު އެފްރިކާގެ 19 ގައުމެއްގައި މި ބަލި ފެތުރިފައިވެއެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުން އެފްރިކާގެ ސިއްޙީ ނިޒާމުގެ ބަލިކަށިކަން ހާމަވެފައިވަނިކޮށް، އަނެއްކާވެސް މި ބޮޑު ބަލިމަޑުކަމާ ކުރިމ ކުރިމަތިލާންޖެހުމުން، ގިނަ ގައުމުތަކުގައި އެމްޕޮކްސްގެ ކޭސްތައް އިތުރުވަމުންދާކަމަށް އެފްރިކާ ސީޑީސީން ބުނެފައިވެއެވެ.
ސީޑީސީގެ ވެރިޔާ އެންގޮންގޯ ވިދާޅުވީ މި ބަލިމަޑުކަން ހުއްޓުވުމަށް ބޭނުންވާ ފައިސާ ލިބެމުންނުދާ ކަމަށެވެ. "އަޅުގަނޑުމެންނަށް ބޭނުންވަނީ ދެމެހެއްޓެނިވި ސިޔާސީ އަދި މާލީ އެހީތެރިކަން،" އެންގޮންގޯ ވިދާޅުވިއެވެ.
ކުރިން މަންކީޕޮކްސް ގެ ނަމުން މަޝްހޫރުވެފައިވާ މި ބައްޔަކީ، ޖަނަވާރުންގެ ކިބައިން އިންސާނުންނަށް އަރާ ވައިރަހެކެވެ. އަދި ގާތުން ޖިސްމާނީ ގުޅުން ބާއްވާ މީހުންގެ މެދުގައިވެސް މި ބަލި ފެތުރޭކަމަށް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!