މާލެ އަތޮޅު ކުރޭންޑް ޕާކް ކޮއްދިއްޕަރު ސްޓާފް ފެރީގައި ލޯންޗެއްޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
އެލޯންޗުގައި ހުރި މީހަކު "ތިލަދުން" އަށް މަޢުލުމާތު ދެމުން ބުނީ ބާރު ސްޕީޑުގައި ދުއްވާފައި ކުރިމަތިން އައި ލޯންޗު އަރާފައިވަނީ ސްޓާފް ފެރީގެ އަރިމައްޗަށް ކަމަށެވެ.
ފެރީ ލޯންޗުގައި ތިނބި ހަތަރު ވަރަކަށް މީހަކަށް އަނިޔާވެގެން މާލެ ގެންގޮސްފައިވާ ކަމަށާއި އެމީހުން މާލެެ ގެންދިއަޔީ ރިސޯޓުން ލޯންޗެއް ގެނެސްގެންކަމަށް އޭނާ މަޢުލޫމާތު ދިނެވެ. އެކްސިޑެންޓުވި ދެ ލޯންޗު މިހާރު އޮތީ ތިން ނަންބަރު ފާލަމުގަ އެވެ.

އަނިޔާވި އެންމެންވެސް މިހާރު ވަނީ އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ކުރޭންޑް ޕާކް ކޮއްދިއްޕަރ ސްޓާފް ފެރީ އަކީ 60 މީހުން ޖާގައިގެ ބޮޑު ލޯންޗް އެކެވެ. މި އެކްސިޑެންޓް ހިނގި އިރު އެލޯންޗުގައި ދަތުރު ކުރީ ގާތްގަނޑަކަށް 30 ވަރަކަށް މީހުންނެ ނެވެ. އެ އެންމެންނަކީވެސް އެ ރިސޯޓް މުވައްޒަފުންނެވެ.

އެކްސިޑެންޓުވީ އެނެއް ލޯންޗަކީ ހަލަވެލި ރިސޯޓަށް، މާލެ އިން ފުރައިގެން ދަތުރު ކުރަމުން ދިޔަ ލޯންޗެކެވެ. އެލޯންޗަށްވެސް ބޮޑެތި ގެއްލުންތަކެއްވަނީ ވެފައެވެ.

އެލޯންޗުގައި ތިބީ އެރިސޯޓުގެ މުވައްޒަފުންކަމަށް ބެލެވެއެވެ. އެމީހުން ތިބީ ދިރާގު ރޯޑުރޭސް ޖޯޒީ ލައިގެންނެވެ.
ކޮއްޕަރު ސްޓާފް ފެރީ ލޯންޗްގެ އިތުރުން މި އެކްސިޑެންޓް ގައިި ހިމެނޭ އަނެއް ލޯންޗަކީ އއ.ފެރިދޫ ޓުއާސް ސެނޯރާ ކިޔާ ލޯންޗެއް ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން ބުނެފައިވަނީ، ގުޅީފަޅު ކައިރިން 2 ލޯންޗް ޖެހި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓް 19:34 އެހައިކަންހާއިރު ލިބިފައިވާކަމަށާއި، މި ހާދިސާގައި އަނިޔާވި 4 މީހަކު މިވަގުތު ވަނީ އައި.ޖީ.އެމް.އެޗް އަށް ގެންގޮސްފައިވާކަމަށެވެ.
ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރިވަމުން އެބަ އާދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!