ދެ އަހަރު ނުފުރޭ އަންހެން ކުއްޖަކު ރޭޕްކުރުމުގެ ތުހުމަތުގައި 15 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފައިވާ އެ ކުއްޖާގެ ކާފަ އާއި މުނިކާފަ މާލެ ގެނެސް، ދޫނިދޫގައި ހައްޔަރުކޮށްފި އެވެ.

ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރު ނުވާ ތުއްތު ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކޮށް، މިހާރު ދޫނިދޫގައި ބަންދުކޮށްފައި ވަނީ އުމުރުން 62 އަހަރުގެ އިބްރާހިމް ދީދީ އާއި 81 އަަހަރުގެ ހަސަން މޫސާ ދީދީއެވެ.

Ad
rt

ކަނޑުހުޅުދޫން އެ ދެ މީހުން ހައްޔަރު ކުރީ އިއްޔެ ހަވީރު 3:15 ހާއިރެވެ. ދޫނިދޫއަށް ގެންދިއުމަށް ފުލުހުންގެ ބެލުމުގެ ދަށުގައި އެ ދެ މީހުން މާލެ ގެނައި މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

މީގެ އިތުރުން އަނިޔާ ލިބުނު ތުއްތު ކުއްޖާގެ ބައްޕަ ވެސް ހުޅުމާލެ ފްލެޓެއްގައި އޮއްވާ ފުލުހުން ވަނީ އޭނާ ރޭ ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސްފަ އެވެ. އޭނާ ހައްޔަރުކުރީ އާންމުން އެ ފްލެޓްގެ ބޭރުގައި، އޭނާ ހައްޔަރު ކުރުމަށް ގޮވާލައި މުޒާހަރާ ކުރަމުން ދަނިކޮށެވެ.