އިލެކްޓްރިކަލް ދާއިރާއަށް އަންހެނުން ޝައުގުވެރިކުރުވުމުގެ މަޤްސަދުގައި، އަންހެން އިލެކްޓްރިޝަނުން ތަމްރީނުކުރުމަށް ހިލޭ ކޯހެއް ފެށުމަށް ސްޓެލްކޯއިން ނިންމައިފިއެވެ.
"ބިގިނާސް އިލެކްޓްރީޝަން ކޯސް ފޯ ވިމެން" ގެ ނަމުގައި ކުރިއަށްގެންދާ މި ކޯހުގެ މަޤްސަދަކީ، އިލެކްޓްރިކަލް ދާއިރާގައި ފިރިހެނުންނާ އެއްހަމައެއްގައި އަންހެނުންނަށް މަސައްކަތްކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމެވެ. މި ކޯހުގައި ކަރަންޓާ ގުޅޭ އަސާސީ މަޢުލޫމާތު ކިޔަވައިދޭނެއެވެ.
މާލޭގައި ކުރިއަށްގެންދާ މި ކޯހުގެ މުއްދަތަކީ ހަތަރު ދުވަހެވެ. ކޮންމެ ދުވަހަކުވެސް ތިން ގަޑިއިރުގެ ސެޝަނެއް ކުރިއަށްދާނެ ކަމަށް ސްޓެލްކޯއިން މަޢުލޫމާތު ދެއެވެ.
16 އަހަރުން މަތީގެ އަންހެނުންނަށް ހާއްސަކޮށްގެން ހިންގާ މި ކޯހުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ ނޮވެމްބަރު 4 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!