ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފަައިވާ ގޮތަށް އިސްރާއީލު ޕާސްޕޯޓު ރާއްޖޭގައި މަނާކުރުމަށް ޤާނޫނު އިސްލާހްކުރަން އަވަސްކުރަން ތާއީދުކުރާކަމަށް ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިރޭ ބުނެފިއެވެ.

އެ ޕާޓީ މިހެން ބުނެފައި ވަނީ އާންމުކުރި ނޫސްބަޔާނެއްގައެވެ.

Ad
rt

އެ ނޫސްބަޔާނުގައި ބުނެފައި ވަނީ މި އަހަރުގެ ޖޫން މަހު، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއި ލަފާގެ މަތިން ރައީސް ޑރ. މުޢިއްޒު ނިންމަވާފައިވާ ގޮތަށް އިމިގްރޭޝަން ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ވީހާވެސް އަވަހަށް ގެނައުމަކީ އެ ޕާޓީން ތާއީދުކުރާ ކަމަށެވެ.

އެހެންކަމުން މިހާރު މަޖިލީހުގައި އޮތް އިމިގްރޭޝަން ޤާނޫނަށް އިސްލާހް ގެނައުމުގެ ބިލު ދިރާސާކުރުމުގެ މަސައްކަތް އަވަހަށް ނިންމައި، ރައްޔިތުންގެ ރޫހާ ވިންދާއި އެއްގޮތަށް ރައީސް ޑރ. މުޢިއްޒު ނިންމަވާފައިވާ ނިންމެވުން ހަގީގަތަކަށް ހެދުމުގެ މަސައްކަތް މަޖިލީހުން އަވަސްކުރުމަށް އިލްތިމާސްކުރާ ކަމަށް ޕީއެންސީން ވަނީ ބުނެފައެވެ.