ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ފުރަންގޮސް ހުރި މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ވީއައިއޭ އަށް ފުރަންގޮސްހުރި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

Ad
rt

ހައްޔަރުކޮށްފައި ވަނީ އުމުރުން 24 އަހަރުގެ، ޢަބުދުﷲ ފަސީހް، ށ. ނޫމަރާ/ހަވީރީގެ އެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ފުރަންގޮސް ވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލްގައި ހުއްޓައި، ހަށިގަނޑުގައި ރައްކާކޮށްގެން މަސްތުވާތަކެތި ގެންދަން އުޅޭކަމަށް ތުހުމަތުކުރެވޭ މައްސަަލައެއްގައެވެ.

''މި އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވޭ، މި ތަކެތީގެ ވަގުތީ ބަރުދަނަކީ 340 ގްރާމް'' ފުލުހުން ބުނެފަވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަނދުކުރުމަށް އަމުރުކޮށްފައިވާއިރު، މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.