ގޫގުލްއިން އެންޑްރޮއިޑް ފޯނުތަކަށް މުޅިން އައު ފީޗަރތަކެއްގެ އިތުރުކޮށްފިއެވެ.

މައުންޓަން ވިއު ސިޓީގައި ހުންނަ ޓެކްނޮލޮޖީގެ ބިޔަ ބޮޑު ކުންފުނި ގޫގުލްއިން އެންޑްރޮއިޑް ފޯނުތަކަށް އައު ފީޗާތައް ފޮނުވާފައިވަނީ ނޯޓިފިކޭޝަނެއް ވެސް ފޮނުވުމާ އެކުގައެވެ. މިއީ އެންޑްރޮއިޑް ފޯނުތަކަށް ގެނެވުނު އައު ފީޗަރތަކެއްގެ މަޢުލޫމާތު ހިމެނޭ ނޯޓިފިކޭޝަނެކެވެ.

Ad
rt

9ޓު5 ގޫގުލްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި މި ނޯޓިފިކޭޝަން ފޮނުވާފައިވަނީ މިދިޔަ ހޮނިހިރު އާއި އާދީއްތަ ދުވަހުއެވެ. މި ނޯޓިފިކޭޝަން ފޮނުވާފައިވަނީ ގޫގުލް ޕްލޭ ސަރވިސަސް މެދުވެރިކޮށެވެ. އަދި މި ނޯޓިފިކޭޝަންގެ ސުރުޚީއަކީ "ތިޔަ އެންޑްރޮއިޑްގައި އައު ފީޗަރތަކެއް ވެއެވެ" އެވެ.

މި ނޯޓިފިކޭޝަން ހުޅުވުމުން ފުލް ސްކްރީން އިންޓަރފޭސްއެއް ފެންނަ ކަމަށާއި، އޭގައި އެންޑްރޮއިޑް ފޯނުތަކަށް އަލަށް ގެނެވުނު ފީޗަރތައް ދައްކުވައިދޭ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. މީގެ ތެރޭގައި ސަރކަލް ޓު ސަރޗް، ގޫގުލް ލެންސް، ގޫގުލް ފޮޓޯސް އަދި އިތުރު ފީޗަރތައް ހިމެނެއެވެ.

މި ނޯޓިފިކޭޝަން ހުޅުވުމުން ކެރަސަލް ސްޓައިލް ލޭއައުޓެއްގައި ހުރިހާ އައު ފީޗަރތަކެއް ބެލޭނެ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ. މީގެ ކުރިން މިފަދަ ނޯޓިފިކޭޝަންތައް ފޮނުވަމުން އައީ ހަމައެކަނި ޕިކްސެލް ފޯނުތަކަށް ޓިޕްސް އެޕް މެދުވެރިކޮށެވެ. ނަމަވެސް މިފަހަރު މި ނޯޓިފިކޭޝަން ޕިކްސެލް ނޫން އެހެން ފޯނުތަކަށްވެސް ލިބިފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވާ ކަމަށް ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.