އައިފޯން 16ގެ ބައެއް ޔުނިޓްތަކަށް ދިމާވެފައިވާ ޓަޗް ސްކްރީން މައްސަލަ ހައްލުކުރާ އެޕަލްއިން އައިއޯއެސް އަޕްޑޭޓެއް ނެރެފިއެވެ.
އެޕަލް އިން އައިއޯއެސް 18.0.1 އާއި އައިޕެޑްއޯއެސް 18.0.1 ރިލީޒްކޮށްފައިވާއިރު، މިއީ މި މަހުގެ ކުރީކޮޅު ނެރުނު އައިއޯއެސް 18 އަށް ގެނައި ފުރަތަމަ އަޕްޑޭޓެވެ.
މި އަޕްޑޭޓް ޑައުންލޯޑްކުރެވޭނީ ސެޓިންގްސް > ޖެނެރަލް > ސޮފްޓްވެއަރ އަޕްޑޭޓް މެދުވެރިކޮށެވެ. މި އަޕްޑޭޓުގައި އެންމެ ފާހަގަކޮށްލެވޭ ކަންތައްތަކަކީ:
1. އައިފޯން 16 އަދި 16 ޕްރޯ މޮޑެލްތަކުގެ ޓަޗް ސްކްރީން ބައެއް ހާލަތްތަކުގައި މަސައްކަތް ނުކުރާ މައްސަލަ ހައްލުކުރުން
2. އައިފޯން 16 ޕްރޯ މޮޑެލްތަކުގައި މެކްރޯ މޯޑުގައި ވީޑިއޯ ރެކޯޑްކުރާއިރު އަލްޓްރާ ވައިޑް ކެމެރާގައި 4ކޭ އެޗްޑީއާރު ނުލައި ކެމެރާ ގަނޑުވާ މައްސަލަ ހައްލުކުރުން
3. މެސެޖް އެޕްގައި އެޕަލް ވޮޗް ފޭސްއަކާއެކު މެސެޖަކަށް ޖަވާބުދޭއިރު އެޕް ކުއްލިއަކަށް ނިވޭ މައްސަލަ ހައްލުކުރުމެވެ.
މީގެ އިތުރުން، ބައެއް އައިފޯން މޮޑެލްތަކަށް ދިމާވެފައިވާ މެމޮރީ އެލޮކޭޝަންގެ މައްސަލަވެސް މިއަޕްޑޭޓުން ހައްލުވާނެއެވެ.
މި އަޕްޑޭޓް ނެރުމުގެ ކުރިން އައިފޯން 16 ބޭނުންކުރާ ގިނަ ފަރާތްތަކުން ޓަޗް ސްކްރީންގެ މައްސަލަ ދިމާވާކަމަށް ޝަކުވާ ކޮށްފައިވެއެވެ. އޭގެ ތެރޭގައި ފޯނުގެ ސްކްރީން ބައެއް ފަހަރު ޓަޗަށް ރެސްޕޮންޑް ނުވާ މައްސަލަ ހިމެނެއެވެ.
އެޕަލް އިން މި އަޕްޑޭޓާއެކު އައިޕެޑްއޯއެސް 18 ގެ އަޕްޑޭޓެއް ވެސް ނެރެފައިވެއެވެ. ނަމަވެސް އެމް4 އައިޕެޑް ޕްރޯ މޮޑެލްތަކުގައި މި އަޕްޑޭޓް ލިބެން ނެތް ކަމަށް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!