އެމްޕޮކްސް ބަލިޖެހިފައިވާ މީހުން ދެނެގަތުމަށް ހަދާ ޓެސްޓް ކިޓަކަށް ފުރަތަމަ ފަހަރަށް ޑަބްލިއު.އެޗް.އޯ އިން ހުއްދަދީފިއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ) އިން އެމްޕޮކްސް ބަލީގެ ޓެސްޓު ކުރުމަށް ފުރަތަމަ ފަހަރަށް އިން ވިޓްރޯ ޑައިގްނޮސްޓިކް (އައި.ވީ.ޑީ) އެއްގެ ހުއްދަ ދީފައި މިވަނީ އިމަޖެންސީ ޔޫސް ލިސްޓިންގ (އީ.ޔޫ.އެލް) ޕްރޮސީޖަރގެ ދަށުންނެވެ. މިއީ އެމްޕޮކްސް ބަލީގެ ޓެސްޓު ކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

Ad
rt

އެބޮޓް މޮލެކިއުލަރ އިންކ. އިން އުފައްދާފައިވާ އެލިނިޓީ އެމް އެމްޕީއެކްސްވީ އެސޭ އަށް ކުއްލި ހާލަތުގައި ބޭނުންކުރުމަށް ހުއްދަ ދިނުމަކީ އެމްޕޮކްސް ބަލި ފެތުރެމުންދާ ޤައުމުތަކުގައި ޓެސްޓު ކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މި ހުއްދައާއެކު އަވަހަށް އަދި ސައްޙަކަމާއެކު ޓެސްޓު ކުރުމުގެ ބޭނުން އިތުރުވެފައިވާ ޤައުމުތަކަށް އެހީތެރިކަން ލިބިގެންދާނެއެވެ.

ޑަބްލިއު.އެޗް.އޯގެ އެސިސްޓެންޓް ޑައިރެކްޓަރ ޖެނެރަލް ފޮރ އެކްސެސް ޓު މެޑިސިންސް އެންޑް ހެލްތު ޕްރޮޑަކްޓްސް ޑރ. ޔުކިކޯ ނަކަތާނީ ވިދާޅުވީ، "އީ.ޔޫ.އެލް ޕްރޮސީޖަރގެ ދަށުން ފުރަތަމަ ފަހަރަށް އެމްޕޮކްސް ބަލީގެ ޑައިގްނޮސްޓިކް ޓެސްޓަކަށް ހުއްދަ ދިނުމަކީ ބަލި ފެތުރެމުންދާ ޤައުމުތަކުގައި ޓެސްޓު ކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް ލިބުނު މުހިންމު ކުރިއެރުމެކެވެ. ފެންވަރު ރަނގަޅު މެޑިކަލް ޕްރޮޑަކްޓްތައް ލިބުމުގެ ފުރުޞަތު އިތުރުކުރުމަކީ ބަލި ފެތުރުން ހުއްޓުވުމަށާއި ޚާއްޞަކޮށް އެހީ ބޭނުންވާ ސަރަޙައްދުތަކުގައި ރައްޔިތުން ރައްކާތެރިކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގެ މައިގަނޑު ބައެކެވެ."ޑރ. ޔުކިކޯ ވިދާޅުވިއެވެ.

އެލިނިޓީ އެމް އެމްޕީއެކްސްވީ އެސޭ އަކީ ރިއަލް-ޓައިމް ޕީ.ސީ.އާރު ޓެސްޓެކެވެ. މި ޓެސްޓުން އިންސާނުންގެ ހަމުގެ ފާރުތަކުން ނަގާ ސާމްޕަލްތަކުން މަންކީޕޮކްސް ވައިރަސްގެ ޑީ.އެން.އޭ ދެނެގަނެވޭނެއެވެ. މި ޓެސްޓު ފަރުމާކޮށްފައިވަނީ ޕީ.ސީ.އާރު ޓެކްނިކްިކްތަކާއި އައި.ވީ.ޑީ ޕްރޮސީޖަރތަކަށް ތަމްރީނު ލިބިފައިވާ ކްލިނިކަލް ލެބޯޓަރީ މުވައްޒަފުން ބޭނުންކުރުމަށެވެ.