ދުނިޔޭގައި 4 ބިލިއަން މީހުންނަށް ޑެންގީ ޖެހުމުގެ ނުރައްކާ އެބައޮތް ކަމަށް ޑަބްލިއުއެޗްއޯއިން ހާމަކޮށްފިއެވެ.
ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ހާމަކޮށްފައިވާ ގޮތުގައި މިހާރު ދުނިޔޭގައި 4 ބިލިއަން މީހުންނަށް ޑެންގީ ޖެހުމުގެ ނުރައްކާ ކުރިމަތިވެފައިވާއިރު، އެ ޖަމްޢިއްޔާގެ 6 ސަރަޙައްދެއްގައިވެސް ޑެންގީ ޖެހޭ މީހުންގެ އަދަދު އިންތިހާއަށް އިތުރުވަމުންދާ ކަމަށް އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ.
ޑަބްލިއުއެޗްއޯ އިން އިތުރަށް ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، 2021 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ޑެންގީ ޖެހޭ މީހުންގެ އަދަދު ގާތްގަނޑަކަށް ދެގުނަވަމުން އަންނަ ކަމަށް ފާހަގަކޮށްފައިވެއެވެ. މިއީ ދުނިޔޭގެ ސިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމުގައި އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ.
މޫސުމަށް އަންނަ ބަދަލުތަކާއި، އާބާދީ އިތުރުވުމާއި، ޝަހަރުތައް ބޮޑުވަމުން ދިއުމަކީ ޑެންގީ ފެތުރުމަށް މަގުފަހިވާ ކަންކަން ކަމުގައި ޑަބްލިއުއެޗްއޯ އިން ފާހަގަކޮށްފައިވެއެވެ. އަދި މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ދުނިޔޭގެ ޤައުމުތަކުން އެކުގައި މަސައްކަތް ކުރުމުގެ މުހިންމުކަން އެ ޖެ ޖަމްޢިއްޔާއިން ފާހަގަކޮށްފައިވެއެވެ.
މަދިރި އުފެދޭ ތަންތަން ނައްތާލުމާއި، ރަނގަޅު ފަރުވާ ދިނުމާއި، ހޭލުންތެރިކަން އިތުރުކުރުމަކީ ޑެންގީ ކޮންޓްރޯލް ކުރުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކެއް ކަމުގައި ޑަބްލިއުއެޗްއޯ އިން ބުނެފައިވެއެވެ. މި ބަލި ފެތުރުން ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށްވެސް އެ ޖަމްޢިއްޔާއިން ވަނީ އިންޒާރު ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!