ދިވެހިން އިހު އުޅުނު ގޮތާއި އަޅާބަލާއިރު ކުރިއަށްވުރެ ތަރައްޤީވެ ތަހުޒީބުވެގެން ގޮސްފިއެވެ. 2020 ގެ ތަސައްވަރާއި މެދު ދެކެމުންއައި ހުވަފެންތަކާއި އުންމީދުތައް މިއަދު މިއޮތީ އަހަރެމެންނާއި އަރާ ހަމަކޮށްފައެވެ. ކޮންމެ މީހަކު އަދި ކުއްޖެއްގެ ޖީބުގައި ސަމާޓް ފޯނެއް އޮވެއެވެ. އާބާދީގެ ނިސްބަތުން ފޯނު ގެންގުޅޭ ނިސްބަތް ގިނަ ޤައުމުތަކުގެ ތެރޭގައި ގުނާލެވޭނެއެވެ.
މިއަދުގެ ނޫކަށިފުރާ ޒުވާނުން ސުކޫލު ދައުރުގައި 2020 ގެ ތަސައްވަރު ކުރެހި ހަނދާން ވާނެއެވެ. ރާއްޖެއަށް އަންނާނެކަމަށް ލަފާކޮށް ކުރެހި ތަރައްޤީ އާއި ތަހުޒީބާއި ތަމައްދުން ގެ މޮޅު ހިޔާލާތު ތަކެވެ. އުސް އިމާރާތް ތަކާއި ކޭބަލް ކަރާއި އުދުހޭ ކާރުތައްކާއި ފަހުގެ ޓެކްނޮލިޖީގެ މޮޅުކަން ކަރުދާސް ތަކުގައި ލިޔެ ކުރަހާ ކެޕްސޫލް ތަކަށް ލީ ހަނދާން ވާނެއެވެ. 2020 ތަސައްވަރާއި މެދު ކުރެވޭ އުންމީދުގެ މައްޗަށް މައުރަޒުތަކާއި މުބާރާތްތައް ބޭއްވިގެން ދިޔައެވެ.
މިވާހަކަ ހަނދާން އާކުރަމުން އެވާހަކަ ދައްކަމުން ދިޔަ ކޮފީ މޭޒެއްގެ ދޮށުގައި އިނދެ ރައްޓެއްސަކު ސަމާސާއަކަށް ބުނެލިއެވެ.
ތިޔަ ހުރިހާ ތަރައްޤީއާއި މޮޅު ޓެކްނޮލޮޖީގެ މޮޅުކަން ކުރަހާ ލިއުނުއިރު، ދިވެހިންނަށް ނުލިޔެވި ތަސައްވަރު ނުކުރެވި އޮތް ނުވަތަ އެކަން ހަޤީގަތަކައް ނުވެ އޮތީ މިހިރަ ދިރާގުގެ ޚިދުމަތް. މިއީ 2020 ވަނަ އަހަރު، ފޮޓޯއެއް ލޯޑުވާން ވެސް އެހާއިރު!ގައިމު އަހަރުމެން ކުރި ތަސައްވަރުގަައި އަންދާޒާ ކުރީ ދުނިޔޭގެ އެންމެ ފާސްޓު އެންމެ ހަލުވި އިންޓަރނެޓް، އަދި އެވެސް ހިލޭ! ކޮންމެ މަހަކު ސައިކަލު ސްޓިކަރ އަށް ޕޭކޮށްފަ ބޮޑެތި ޕެކޭޖް ނަގާނީ ކިހެނެތް؟
އިންޓަރނެޓުގެ ލަސްކަމާއި ބަރުހެލިކަމާއި އަގު ބޮޑު ކަމުގެ ޝަކުވާ ކުރަމުން އެއިނާ ދިރާގުއާއި މެދު ހިތްހަމަ ނުޖެހި ހުރެ ބުނެލިއެވެ.
އަހަރެން އެއިނާގެ ސަކުވާއާއި ވިއްދާފައި ބުނެފީމެވެ. ނެޓު ސްލޯވާއިރަށް ދިރާގާއި ދިމާއަށް އަބަދު ތިޔަ ބަވަނީ ކީއްވެ ހެއްޔެވެ. ދިރާގުގެ ޚިދުމަތް ކަމުނުދަންޔާ އެހެން ކުންފުނިތައްވެސް އެހުރީ ނޫންހެއްޔެވެ.
އެއާއިއެކު އެކުވެރިޔާ ބުނެލިއެވެ. އަހަރުމެން 2020ގެ ތަސައްވަރު ކުރެހީ ދިރާގުގެ ޚިދުމަތްވެސް ކުރިއަރާނެކަމަށް ލަފާކޮށް ދިވެހިންގެ ތަރައްޤީގެ ބައިވެރިޔެއްކަމުގައި ދެކިގެން އެކު އެކީ ކުރިޔަށްދާށެވެ. ނަމަވެސް މިހާރު ކެއްވާވަރެއް ނޫނެވެ. ކެއްކުރިމީހާ އަދިވެސް އޮތީ ފުޅައްބުޑުގައި އެވެ. މަމިއިންނަނީ ލޯޑިން ލޯޑިން އަރާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!