އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު ކަމަށް ބެލެވޭ މީހަކު އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.

އެމެރިކާގެ ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން މަސައްކަތްކުރި ކަމަށް ބެލެވޭ މީހަކު އިއްޔެ އަތުލައިގެންފައިވާއިރު، މި ހާދިސާ ހިނގީ ޓްރަމްޕްގެ ގޮލްފް ކޯހުގައި، އޭކޭ-47 ސްޓައިލްގެ ރައިފަލެއް ހިފައިގެން ގަސްތަކުގެ ތެރޭގައި އޮތް މީހަކު ފެނުމުންނެވެ.

Ad
rt

ސީކްރެޓް ސާވިސްގެ އެޖެންޓުން އެ މީހާއަށް ހަމަލާދިނުމުން، އޭނާ ކާރެއްގައި ފިލައިގެން ދިޔަ ނަމަވެސް، ފަހުން އާންމުންގެ އެހީއާއެކު ހައްޔަރުކުރެވުނެވެ. މި ހާދިސާގައި ޓްރަމްޕަށް އެއްވެސް އަނިޔާއެއް ނުވާކަން ފާހަގަކުރެވެއެވެ.

ހަމަލާ ދޭން އުޅުނު ކަމަށް ބެލެވޭ މީހާގެ އަތުން ބަޑިއަކާއި، ދުރުމީއެއް އަދި ގޯޕްރޯ ކެމެރާއެއް ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. މިއީ ނޮވެމްބަރު މަހު އޮންނަ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ޓްރަމްޕް އަވަހާރަކޮށްލަން ދެވުނު ދެވަނަ ހަމަލާއެވެ.

މީގެ ކުރިން، ޖުލައި މަހު ކެމްޕެއިން ރެލީއެއްގައި ޓްރަމްޕަށް ފުރަތަމަ ހަމަލާ ދެވުނެވެ. އެ ހަމަލާގައި ޓްރަމްޕް ހަނިގޮތަކުން ސަލާމަތްވިއެވެ. މި ހާދިސާތަކާ ގުޅިގެން ރިޔާސީ އިންތިޚާބާ ދިމާކޮށް ޓްރަމްޕްގެ ސަލާމަތީ ކަންކަމަށް އިތުރު ސަމާލުކަމެއް ދޭންޖެހިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.