އެޕަލްގެ އެއަރޕޮޑްސް ޕްރޯ ހިއަރިންގ އެއިޑް ސޮފްޓްވެއަރއަށް އެމެރިކާގެ އެފްޑީއޭގެ ހުއްދަ ލިބިއްޖެއެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ބުރާސްފަތި ދުވަހު ހުއްދަ ދީފައިވަނީ އެޕަލްގެ އެއަރޕޮޑްސް ޕްރޯ ހެޑްފޯނާ ގުޅޭގޮތަށް ފަރުމާކޮށްފައިވާ ފުރަތަމަ އޯވަރ-ދަ-ކައުންޓަރ ހިއަރިންގ އެއިޑް ސޮފްޓްވެއަރއަށެވެ.

Ad
rt

މިދިޔަ ހަފްތާގައި އެޕަލްއިން ބުނެފައިވަނީ އެއަރޕޮޑްސް ޕްރޯ 2 މިހާރު "ބަދަލުކުރެވިދާނެ" ކަމަށާއި، އަންނަން އޮތް ސޮފްޓްވެއަރ އަޕްޑޭޓެއްގެ ޒަރީއާއިން ޕަރސަނަލައިޒްޑް ހިއަރިންގ އެއިޑަކަށް ބަދަލުކުރެވޭނެ ކަމަށެވެ. މިގޮތުން ވާހަކަދެއްކުމުގެ ބައިތަކާއި ބޭނުންކުރާ މީހާގެ ވަށައިގެންވާ މާހައުލުގެ އަޑުތައް ރިއަލް ޓައިމްގައި ފުރިހަމަކޮށްދޭނެ ކަމަށް ވެއެވެ.

އެޕަލްއިން ބުނެފައިވާ ގޮތުގައި މި އައު ހިއަރިންގ ހެލްތު ފީޗަރތައް މި އަރުގެ ފަހުކޮޅު 100 އަށްވުރެ ގިނަ ޤައުމުތަކާއި ސަރަޙައްދުތަކުގައި އެއަރޕޮޑްސް ޕްރޯ 2 ބޭނުންކުރާ ފަރާތްތަކަށް ލިބޭނެއެވެ.

މި ސޮފްޓްވެއަރ އިންސްޓޯލްކޮށް، ބޭނުންކުރާ މީހާގެ އަޑުއިވުމުގެ ބޭނުންތަކަށް ފެތޭގޮތަށް ބަދަލުކުރުމަށްފަހު، އެއަރޕޮޑްސް ޕްރޯގެ ވަރޝަންތައް އޯވަރ-ދަ-ކައުންޓަރ ހިއަރިންގ އެއިޑެއްގެ ގޮތުގައި ބޭނުންކުރެވޭނެއެވެ. މިއީ 18 އަހަރުން މަތީގެ މީހުންގެ ތެރެއިން މެދުމިނުގެ އަޑުއިވުމުގެ މައްސަލަ ހުންނަ މީހުންނަށް އަޑު ފުރިހަމަކޮށްދިނުމަށް ބޭނުންކުރެވޭނެ އެއްޗެކެވެ.

އެފްޑީއޭގެ ސެންޓަރ ފޮރ ޑިވައިސަސް އެންޑް ރޭޑިއޮލޮޖިކަލް ހެލްތުގެ އެކްޓިންގ ޑިރެކްޓަރ މިޝެލް ޓާވަރ ވިދާޅުވީ، އަޑުއިވުމުގެ މައްސަލަ ދިމާވުމަކީ އެމެރިކާގެ އެތައް މިލިއަން ރައްޔިތުންނަށް އަސަރުކުރާ މުހިންމު ޢާންމު ޞިއްޙީ މައްސަލައެއް ކަމަށެވެ."

އޯވަރ-ދަ-ކައުންޓަރ ހިއަރިންގ އެއިޑް ސޮފްޓްވެއަރއަށް ހުއްދަ ދިނުމަކީ އަޑުއިވުމުގެ އެހީތެރިކަން ލިބެންހުރި މިންވަރާއި، އެކަމަށް ވާސިލުވުމުގެ ފުރުޞަތު އިތުރުވެ، އެކަން ޤަބޫލުކުރާ މިންވަރު އިތުރުވެގެންދާނެ ކަމެއްކަމަށް ޓެކްރިޕޯޓްތައް ބުނެއެވެ.