ހަށިގަނޑު އެތެރޭގައި ފޮރުވައިގެން އއ. ރަސްދޫއަށް މަސްތުވާތަކެތި އެތެރެކުރަންއުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި، އއ. ރަސްދޫ / ފެހިވިނަ، އަޙްމަދު އިކުލީލް (35އ) ހައްޔަރުކޮށްފައިވާކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
މި ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހު، ރަސްދޫ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް، އޭނާގެ ހަށިގަނޑު އެތެރޭގައި ފޮރުވާފައިހުރި މަސްތުވާތަކެތި ނެގުމަށް ޑޮކްޓަރަށް ދައްކައި އެތަކެތި ވަނީ ނަގާފައެވެ.
“އޭނާގެ ހަށިގަނޑުން ނެގި މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 70 ގްރާމް”
ފުލުހުން ބުނެފައިވެެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!