ފިރިހެނަކަށް ދަޢުވަތުދީގެން ގެސްޓް ހައުސް އަކަށް ގެންގޮސް ފޭރިގަނެފި އެވެ.

މީޑިޔާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނީ މިކަން ހިނގާފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ 21:30 ހާއިރު ކަމަށެވެ.

Ad
rt

”އައި.ޖީ.އެމް.އެޗް ކައިރިން ފިރިހެނެއް ހުއްޓުވާ އޭނާ އަށް ރޫމަކަށް ދިއުމަށް ދަޢުވަތު ދިނުމަށްފަހު، މާފަންނު މުރަނގަ މަގުގައި ހުރި ގެސްޓް ހައުސް އަކަށް ގެންގޮސް އިތުރު ފިރިހެނަކާ ބައިވެރިވެގެން ދިވެހި ފިރިހެނަކު ރަހީނުކޮށް އޭނާގެ ފޯނާއި ކޭޝް ކާޑު އަތުލާ އޭނާގެ އެކައުންޓުން 53,000 ހާސް ރުފިޔާ ފޭރި ގަނެފައިވޭ”

މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށް ބުންޏެވެ.

މި މައްސަލައިގެ ތުހުމަތުގައި 27 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައި ވެއެވެ. އޭނާގެ ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފަ އެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ގާޒީ ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ފޭރުމުގރ މިފަދަ މައްސަލަތައް މިފަހަކަށް އައިސް ވަނީ އިތުރު ވެފަ އެވެ.