ހުޅުމާލެއިން ގެއްލިގެން އުޅޭ ބިދޭސީއަކު ގެއްލިގެން ހޯދަމުން އަންނަކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ހޯދަމުން މިދަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ 32 އަހަރުގެ އައިޑީ މޮހަމެޑް ސެޚްއެވެ.

Ad
rt

މޮހަމެޑް ސެޚް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓު ކުރެވިފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އެ ދުވަހުން ފެށިގެން ފުލުހުން ވަނީ އޭނާ ހޯދުމުގެ މަސައްކަތް ފަށާފަކަމަށް ފުލުހުން ބުނެއެވެ.

މީގެ ކުރިން މިފަދަ މައްސަލަތަކުގައި ވަރަށް އަވަހަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދެއެވެ. ނަމަވެސް މިމައްސަލައިގައި މިހާގިނަދުވަސް ވެގެންދިޔައީ ކީއްވެކަމެއް ފުލުހުން ނުބުނެއެވެ.

ފުލުހުން ވަނީ މި މައްސަލައާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ، އެކަން ހިއްސާކުރުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. މިގޮތުން، މޮހަމެޑް ސެޚްއާ ބެހޭ މަޢުލޫމާތެއް ލިބިފައިވާ ފަރާތްތަކުން ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަންގެ ނަންބަރު 9980062 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި އެ މަޢުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ.

މި މައްސަލައިގައި ތަޙުޤީޤު ކުރިއަށްދާ ގޮތުގެ އިތުރު މަޢުލޫމާތު ލިބުމުން ހިއްސާކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.