ރާޅުގަނޑު ސަރަޙައްދުން ދަތުރުކުރި ލޯންޗެއް ބަނޑުން ޖަހާލައިފިއެވެ.
ފުލުހުން މަޢުލޫމާތު ދެމުން ބުނެފައިވަނީ، ރާޅުގަނޑު ސަރަޙައްދަށް ލޯންޗެއް ބަނޑުން ޖަހާލައިގެން އުޅޭ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން ފުލުހުން އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެސަރަހައްދުގައި ހުރި މީހަކު މިނޫހަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، އެލޯންޗުގައި ތިބި ކަމަށް ލަފާކުރެވެނީ ހަތަރު މީހުން ކަމަށެވެ.
އެމީހުން މިހާރު ފުލުހުންގެ ލޯންޗަށް ނަގާފައިވެއެވެ. އަދި އެ ސަރަޙައްދުގައި އިތުރު ލޯންޗުތަކެއް ހަރަކާތްތެރިވަމުން އަންނަކަމަށްބުނެ އެވެ.
މި ހާދިސާގައި ލޯންޗުގައި ތިބީ 4 މީހުންނެވެ. އެއީ 2 ދިވެހިންނާއި 2 ބިދޭސީންނެވެ. އޭގެ ތެރެއިން 2 މީހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް މެރިން ޕޮލިސްއިން މަޢުލޫމާތު ދީފައިވެއެވެ.
އަނިޔާ ލިބުނު ދެމީހުންނަށް މިހާރު ދަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
މި ހާދިސާއާ ގުޅިގެން މެރިން އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފެއްނުވެއެވެ. މި ސަރަޙައްދުގައި ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިރުޝާދު ދީފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!