ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އިންޑިޔާއަށް ފުރަން އުޅުނު މީހެއްގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ފެނިގެން އޭވިއޭޝަން ސެކިއުރިޓީން އަތުލައިގަނެފި އެވެ.
އޭވިއޭޝަން ސެކިއުރިޓީން މަޢުލޫމާޔު ދެއްވި ގޮތުގައި މިތަކެތި އަތުލައިގަނެފައިވަނީ މިއަދު 15:40 ގައެވެ.
އިންޑިގޯ އެއަރލައިންގެ ފްލައިޓް E6 1128 އިން ބެންގަލޫރުއަށް ދަތުރުކުރަން ހަމަޖެހިފައިވާ ފަސިންޖަރެއް ބަލައި ފާސްކުރުމުގެ ތެރޭގައި، އޭވިއޭޝަން ސެކިއުރިޓީގެ މުވައްޒަފުންނަށް ވަނީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ދެ ޕެކެޓު ފެނިފައެވެ.
މި ތަކެތި ފެނުމާ ގުޅިގެން، އެ ފަސިންޖަރު ވަނީ ކަމާބެހޭ ފަރާތްތަކާ ހަވާލުކުރެވިފައެވެ. ނަމަވެސް، މި ފަސިންޖަރަކީ ކޮން ގައުމެއްގެ މީހެއްކަން އަދި ސާފުވެފައެއް ނުވެއެވެ.
މި ހާދިސާއާ ގުޅިގެން އިތުރު ތަޙުޤީޤުތައް ކުރިއަށްދާނެ ކަމަށް ލަފާކުރެވެއެވެ. އަދި މިފަދަ ކަންކަން ހުއްޓުވުމަށް އެއަރޕޯޓުގެ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރެވޭނެ ކަމަށްވެސް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!