ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު ބައި ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މިއަދު ހާމަކުރި ގޮތުގައި،
މިމަހުގެ 20 ވަނަ ދުވަހު ހިންގުނު އޮޕަރޭޝަނެއްގައި އަތުލައިގަނެވުނު މި މަސްތުވާތަކެއްޗަކީ ސިންތެޓިކް ކެތިނޯންއެވެ. މި މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނަކީ 0.666 ކިލޯގްރާމެވެ.ކަސްޓަމްސްއިން އިތުރަށް ހާމަކުރި ގޮތުގައި، އަތުލައިގަނެވުނު މި މަސްތުވާތަކެތީގެ މަގުމަތީ އަގަކީ 1,000,000.00 (އެއް މިލިއަން) ދިވެހި ރުފިޔާއެވެ. މިއީ ރާއްޖޭގެ މަގުމަތީގައި މިބާވަތުގެ މަސްތުވާތަކެތި ވިއްކާ އަގެވެ.

މި މައްސަލައާ ގުޅިގެން އިތުރު ތަޙްޤީޤުތައް ކުރިއަށްދާ ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ. އަދި މިފަދަ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމަށް މަސައްކަތްކުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅޭނެ ކަމަށްވެސް އެ ފަރާތުން ބުނެފައިވެއެވެ.

Ad
rt