އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ވެޓިން ޕްރޮސީޖަރުތައް ރަނގަޅަށް މޮނިޓަރ ކުރެވެމުން ނުދިޔުމުގެ ސަބަބުން، ޓެރަރިޒަމާ ދެކޮޅަށް އަމާޒުކޮށްގެން ހިންގާ އެހީގެ ގޮތުގައި މަދުވެގެން 239 މިލިއަން ޑޮލަރު ތާލިބާނުންނަށް ޓްރާންސްފަރ ކުރެވިފައިވާކަން ހާމަވެއްޖެއެވެ.

ސަރުކާރުގެ ވޮޗްޑޮގް، ސްޕެޝަލް އިންސްޕެކްޓަރ ޖެނެރަލް ފޯ އަފްޣާނިސްތާން ރިކޮންސްޓްރަކްޝަން (ސިގާރ) އިން 2024 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، މަދުވެގެން 29 ގްރާންޓެއް އޮޅުމަކުން ތާލިބާނުންނަށް ލިބިފައިވާ ކަމުގައެވެ.

Ad
rt

މި ފައިސާ ތާލިބާނުންނަށް ލިބިފައިވަނީ ސްޓޭޓް ޑިޕާޓްމަންޓުގެ "ޑިމޮކްރަސީ، ހިއުމަން ރައިޓްސް، އެންޑް ލޭބަރ" އާއި "އިންޓަނޭޝަނަލް ނާކޮޓިކްސް އެންޑް ލޯ އެންފޯސްމަންޓް އެފެއާޒް" ގެ ނަމުގައި ހިންގާ ޑިވިޝަންތަކުންނެވެ.

މި ޑިވިޝަންތަކުން ރަނގަޅަށް ވެޓިން ރެކޯޑްތައް ބެލެހެއްޓިފައި ނުވުމުގެ ސަބަބުން ހިނގާފައިވާ މިފަދަ ގިނަ ހާދިސާތަކެއް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.