މާލޭ ނޯތު ހާބަރުގައި އޮތް އުޅަނދަކުން ވަގަށް ނަގާފައިވާ ރިހާކުރު ޓައްޕުތަކެއް ފުލުހުން ހޯދައިފިއެވެ.

ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި، އޯގަސްޓް 23 ވަނަ ދުވަހު ނޯތު ހާބަރުގައި އޮތް އުޅަނދަކުން ރިހާކުރު ޓައްޕުތަކެއް ވަގަށް ނަގާފައިވާ މައްސަލައެއް ފުލުހުންގެ އިދާރާއަށް ރިޕޯޓުކުރެވުނެވެ. މި މައްސަލަ ރިޕޯޓުކުރެވުމާ ގުޅިގެން ފުލުހުން ވަނީ ސީސީޓީވީ ފުޓޭޖް ބަލައި ތަޙުޤީޤުކޮށްފައެވެ.

Ad
rt

ފުލުހުންގެ މަސައްކަތުން ވަގަށްނެގި ރިހާކުރު ފޮށިތައް ފެނިފައިވަނީ މީހެއްގެ ގެއެއްގެ ތެރެއިން، ވިއްކާލުމަށް ފޮރުވާފައި ހުއްޓައެވެ. ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ރިހާކުރު ޓައްޕުތަކުގެ އަގު 50,000 ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.

ނަމަވެސް، މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރެވިފައެއް ނުވެއެވެ. ފުލުހުން މި މައްސަލައިގެ ތަޙުޤީޤު ކުރިއަށް ގެންދަވަމުންދާ ކަމަށް ބުނެފައިވެއެވެ.

މީގެ ކުރިން ރިހާކުރު ތައްޕެއް މީސްމިޑިޔާގައި އިސްތިހާރުކޮށްގެން ވިއްކަމުން އައީ -/2200 ރުފިޔާއަށެވެ. މި ރިހާކުރު ޓައްޕުތަކުގެ އަދަދު ވިއްސައްވުރެއް ގިނަވާނެކަމަށް ލަފާކުރެވެއެވެ.