މިފެށޭ ސެޕްޓެންބަރު 5 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުން އާންމުކުރި ދެންނެވުމެއްގައި ބުނެފައި ވަނީ ސެޕްޓެންބަރު 5 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ކަނޑައަޅުއްވާފައިވާ ކަމަށެވެ.

Ad
rt

ރައީސް މި ދުވަސް ބަންދުކުރެއްވީ މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތާ ގުޅިގެން ކަމަށް ވެސް އެ ދެންނެވުމުގަވެއެވެ.

ޤައުމީ ދުވަހަކީ ރަބީޢުލްއައްވަލު މަހުގެ 1 ވަނަ ދުވަހެވެ. މިއަހަރު އެ ދުވަސް ދިމާވަނީ ސެޕްޓެމްބަރު 4 ވާ ބުދަ ދުވަހާއެވެ.

މިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަށް ސަރުކާރުން ބާއްވާ ޖަލްސާތައް ބާއްވަން ނިންމާފައި ވަނީ މާލޭގެ އިތުރުން ހއ. އުތީމުގައެވެ.